ENGLISH

24 މާރިޗު 2026

Advertisement

ސަރުކާރަށް ފާޑުކިޔަސް، ދިވެހި ދައުލަތް ބަދުނާމުކޮށްގެންނުވާނެ: އާދަމް ނަސީރު

24 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ދިވެހިބަހާއި ސަގާފަތާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް، ފޮޓޯ: ރައީސް އޮފީސް

ސަރުކާރަށް ފާޑުކިޔުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ރާއްޖެއިން ބޭރުގައި ދިވެހި ދައުލަތް ބަދުނާކުރުމަކީ އެއްވެސްް މީހަކު ކޮށްގެންވާނެ ކަމެއް ނޫންކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ގަލޮޅު އުތުރު ދާއިރާގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްއިން  މިއަދު ކުރިއަށްގެންދިޔަ "ދޮރުން ދޮރަށް" ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެން އެ ސަރަހައްދުގައި ހުންނަވައި ދެއްވި ބަސްދީގަތުމެއްގައި ނަސީރު ވިދާޅުވީ ރާއްޖޭގެ ތާރީހުން ވަރަށް ހިތާމަވެރި ދެ ކަމެއް ފާހަގަކުރެއްވޭ ކަމަށެވެ. 

"އެންމެނަށްވެސް އޮންނާނެ ސަރުކާރަށް ފާޑުކިޔުމުގެ ހައްގު ހުރިހާ ތަނެއްގައިވެސް ދުނިޔޭގައި. ދައުލަތަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުން، ދައުލަތަށް ގެއްލުން ދިނުން އެއީ އެޮންނަ ކަމެއް ނޫން. ތި އިޝާރާތްކުރައްވާ ކަންކަމަކީ ދައުލަތަށް އޭގެ ގެއްލުން އޮންނާނެ ކަންކަން،" ނަސީރު ވިދާޅުވިއެވެ. 

އަދި ދައުލަތް ބަދުނާމުވާ ގޮތަށް ހިންގާ އަމަލުތަކަކީ އެކަމުގެ ސަބަބުން ދިރިތިބި ހުރިހާ ދިވެހިންނަށް ގެއްލުންވެ، އެކަމުގެ ގެއްލުން އަންނާން އޮތް ޒަމާންތަކަށް ދެމިގެންދާނޭ ފަދަ ކންކަން ކަމުގައި ނަސީރު ފާހަގަކުރެއްވިއެވެ. ސަރުކާރުތައް ބަދަލުވަމުންދިޔަ ނަމަވެސް ދައުލަތަކީ ދެމިގެންދަނިވި ޝަހުުސެއްކަމާއި ގައުމު ދެމިއޮންނާނެކަމަށް ވަޒީރު ވިދާޅުވިއެވެ. 

"މިއަދު އޮތް ސަރުކާރުން މި މަސައްކަތްކުރަނީ ދިވެހިންގެ މިދެންނެވި އަމާނާތް ގާނޫނުއަސާސީން ދިވެހިންނަށް ކަށަވަރުކޮށްދިން، ދިވެހިން ކަށަވަރުކުރި ކަންކަން ދަމަހައްޓަން. އެ ދަމަހަައްޓަން މަސައްކަތްކުރާއިރު ދިވެހިންނަށާއި މުޅި ދިވެހި ދައުލަތަށް ގެއްލުންވާ ފަދަ ކަންކަން ތިޔަ އިޝާރާތްކުރެއްވި އަސްލު އޮޅުވައިލާ ވާހަކަތަކަކީ. އެފަދަ ވާހަކަތަކަކުން ދައުލަތަށް ރައްޔިތުންނަށް ހެޔޮ އެދޭ ބަޔަކު ދައުލަތަށް ގެެއްލުންނުދޭނެ،" ނަސީރު ވިދާޅުވިއެވެ. 

ނަަސީރު މިފަދައިން ވިދާޅުވިއިރު އިއްޔެ ކުރިއަށްގެންދިޔަަ ނޫސްވެރިކަމުގައި މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގެ އަސްލު އޮޅޭ ގޮތަށް ބައެއް މީޑިޔާއާއި އިދިކޮޅު ފަރާތްތަކުން ހަބަރުތައް ފަތުރަމުންދެއެވެ. 

އަދި އަންނަ އޭޕްރީލު ހަތަރުވަނަ ދުވަހުގައި، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ކުރަމުންދާ މަސައްކަތްތަކުގެ ހަގީގަތް އޮޅުވައިލުމަށްވެސް ވަރަށް ފުޅާ ދާއިރާއެއްގައި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަމުންދާކަން ހާރިޖީ ވަޒީރު ޑރ.އަބްދުﷲ ހަލީލުވަނީ ހާމަކުރައްވާފއެވެ. 

ކިޔުންތެރިންގެ ހިޔާލު