ENGLISH
24 މާރިޗު 2026
ފިނޭ ޕޮލިސް ޕޯސްޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
24 މާރިޗު 2026
|
ހދ.ފިނޭ ޕޮލިސް ޕޯސްޓްގެ މަސައްކަތް ކުުރިއަށްދާ ސަރަހައްދު
އެންމެ މަޤްބޫލު
ހދ. ފިނޭގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީއިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓުގައި ބުނީ މިހާރު ހިނގަމުންދަނީ ސީލިން ކުރުމާއި ކަރަންޓުގެ މަސައްކަތްތައް ކަމަށެވެ.
އެމްޓީސީސީއިން ބުނިގޮތުގައި އިމާރާތުގެ ތަނބުތައް ޖެހުމާއި ބީމް އެޅުމުގެ މަސައްކަތް މިދިޔަ އަހަރު ނޮވެމްބަރުގެ ތެރޭގައި ނިމިފައިވާ ކަމަށެވެ.
ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒް ހދ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ރައީސް ޑރ. މުއިއްޒު ވަނީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.