ENGLISH
17 މާރިޗު 2026
ގޮވާމުން ލިބުނު ފިޠުރު ޒަކާތް ބަހަން ފަށައިފި
17 މާރިޗު 2026
|
ގޮވާމުން ޒަކާތް ބަލައިގަތުން؛ މިހާރު ކުރިއަށްދަނީ ޒަކާތް ބެހުމުގެ މަރިހަލާ. ފޯޓޯ؛ ޒަކާތު ހައުސް
އެންމެ މަޤްބޫލު
މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ތަކެތި ބަހަން ފަށައިފި އެވެ.
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފެށީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
ޒަކާތު ހައުސްއިން ބުނީ މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މިއަދާއި މާދަމާ ބަހަމުން ދާނެ ކަމަށެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ތަކެތި ބަހަމުން ދާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ހަޔަރ އެޑިއުކޭޝަންގައެވެ. އެގޮތުން މިއަދާއި މާދަމާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00އަށް އަދި މެންދުރު 13:00 އިން 15:00 އަށްވެސް ޒަކާތް ބަހަމުން ދާނެކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
އެ ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ސިޓީގައި ދިރިއުޅޭ މީހުންނަށެވެ.
ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަތީ ހަ ބާވަތެކެވެ. އެއީ:
* އާދައިގެ ހަނޑޫ
* ތައިލެންޑް ހަނޑޫ
* ބާސްމަތީ ހަނޑޫ
* ރަތް ހަނޑޫ
* ގޮދަން ފުށް
* އާޓާ ފުށް
ފިތުރު ޒަކާތުގެ ގޮތުގަައި ދައްކަންޖެހެނީ އެބަޔަކު ޢާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.