ENGLISH

17 މާރިޗު 2026

Advertisement

ކުރިއެކޭވެސް އެއް އަގެއްގައި މިފްކޯއިން މަސްވެރިންނަށް ތެޔޮ ލިބޭނެ

17 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ކޫއްޑޫ މަސްކިރުވާ ސަރަހައްދު

ކުރިއްސުރެ މަސްވެރިންނަށް ތެޔޮ ވިއްކަމުން އައި އަގުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން ތެޔޮ ލިބޭނެ ކަމުގައި އެ ކުންފުނިން ބުނެފިއެވެ. 

އެ ކުންފުނިން މިއަދު ބުނެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގަައި ތެލުގެ އަގަށް އައި ބޮޑު ބަދަލުތަކާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ވިޔަފާރިތަކަަށް ތެޔޮ ވިއްކާ އަގަށް ބަދަލުގެނައުމަށް ނިންމުމާ ގުޅިގެން މިފްކޯއިން މަސް ގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ތެޔޮ ވިއްކަމުން އައި އަގަށް ބަދަލުތަކެއް ގެނައި ކަމަށެވެ. 

އިތުރަށް މިފްކޯއިން ބުނީ އެސްޓީއޯއިން އެ ކުންފުނީގެ ނިންމުން ބަދަލުކޮށް، ސަރުކާރުން މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ފަހި ހަކަތަ" ޕްރޮގުރާމުގެ ދަށުން ސަބްސިޑީ ދީފައިވާ އަގުތަކެއްގެ ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭވެސް އެއްގޮތަށް ހަމަޖައްސާފައިވާތީ މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުިގެ އަގު ކުރިން އޮތް ގޮތަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. 

އެއާއެކު މާޗު 5، 2026 ވަނަ ދުވަހު މިފްކޯއިން އިއުލާނުކުރި އަގުތައް ދެމިއޮންނާނެ ކަމަށާއި، މިފްކޯއިން މަސްކިރާ އުޅަނދުފަހަރަށް 16.54 ރުފިޔއަށް ޑީސަަލް ލީޓަރެއް އަދި ތިން ޓަނަށްވުރެ އިތުރަށް ކިރުވާނަމަ 16.04 ރުފިޔާއަށް ޑީސަލް ލީޓަރު ދޫކުރާނެއެވެ. 

އަދި މިފްކޯއިން ޑީސަލް ގަންނަ އާއްމު ފަރާތްތަކަށް އެ ކުންފުނިން ޑީސަލް ލީޓަރެއް 17.54 ރުފިޔާގެ މަގުން ވިއްކަމުންދާނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ. 

މިފްކޯއިން ބުނެފައިވާ ގޮތުގައި މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހިފަހެއްޓުމަށް އަޅާފައިވާ ފިޔަވަޅަކީ ތަކުލީފު ކުޑަ ގޮތަކަށް ކަންކަން ފަހިކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު