ENGLISH

17 މާރިޗު 2026

Advertisement

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެނޭ: ރިޔާޒް

17 މާރިޗު 2026

|

އައިމިނަތު ޝަފާ

ރިޔާޒު ރަޝީދު މަޖިލީހުގައި މަސައްކަތްޕުޅު ކުރެއްވިއިރު. ފޮޓޯ؛މަޖިލިސް

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނުފެންނަކަމަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ. 

ރިޔާޒު މިފަދައިން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމަށް ދައުލަތުގެ މީޑިއާއިން ކުރީގެ މަޖިލިސް މެމްބަރުންނާއެކު ގެނެސްދޭ "ހޭލުން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގައި ވެސް މުހިންމު ދައުރެއް އަދާކުރެއްވި ރިޔާޒު ވިދާޅުވީ ގައުމީ ވިސްނުމުގައި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދިނުމަށް އޭރު ވަރަށް ގިނަ އިސްލާހުތަކެއް ގާނޫނު އަސާސީއަށް ހުށަހެޅިގެންދިޔަކަމަށެވެ. 

އެއްވެސް ބަޔަކު އެބައެއްގެ ދައުރު ހަމަނުކޮށް އައު އިންތިހާބަކާ ކުރިމަތިލާން ބޭނުން ނުވާނެތީ މިއީ ދެ އިންތިހާބު އެެއް ދުވަހެއްގައި ބާއްވައިފިނަމަ ލިބޭނެ ގެއްލުމެއްކަމަށް ރިޔާޒު ވިދާޅުވި އެވެ. 

"އެކަމަކު އަޅުގަނޑުމެން ނިންމީ އައު ގާނޫނު އަސާސީގެ ދަަށުން ކުރިއަށްދާނަމަ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމޭ އެންމެ ރަނގަޅު ގޮތަކީ. އެހެންވެ އެގޮަތަށް އިސްލާހެއް ހުށަހަޅައި އެކަމަށް ތާއީދުކޮށްފައި އެ އޮތީ. ފާޑުކިޔާ ބަޔަކު ފާޑުކީ ނަމަވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުކުންނާނެ ގޯސް ނަތީޖާއެއް ނޯންނާނެ. ތީގެން ނުކުންނާނީ ރަނގަޅެއް. " - ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު

ދެ އިންތިހާބު އެއް ދުވަހެއްގައި ނުބާއްވަންވީ ސަބަބެއް ނުފެންނަކަމަށާއި މިއަދު އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއީދު ކުރައްވައި އެންމެ ބޮޑަށް ވާހަކަ ދެއްކެވި ބޭފުޅުންކަމަށް ރިޔާޒު ވިދާޅުވި އެވެ. ދެ އިންތިހަބު އެއްދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ލިބިގެންދާނެ ގެއްލުމެއްވެސް އަދި މިކަމުގައި އޮތް ގޯހެއް ވެސް  އިދިކޮޅު ފަރާތްތަކަށް ބުނެދެވިފައި ނުވާކަމަށް ރިޔާޒު ވިދާޅުވި އެވެ. 

ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިފިނަމަ ދައުލަތަށް ލުއިވެގެންދާނެކަމަށާއި ނަމަވެސް އޭގެން ނުކުންނަ ގޯސް ނަތީޖާއެއް ނުފެންނަކަމަށް ރިޔާޒު ވިދާޅުވި އެވެ. 

ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު