ENGLISH
14 މާރިޗު 2026
ގޮވާމުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި
14 މާރިޗު 2026
|
މީހަކު ޒަކާތް ދައްކަނީ: މި އަހަރުވެސް ގޮވާމުން ޒަކާތް ދެއްކޭނެ
އެންމެ މަޤްބޫލު
ގޮވާމުގެ ބާވަތްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފި އެވެ.
ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މާލޭގައި ހުންނަ ސެންޓަރ ފޯރ ސެކަންޑަރީ އެޑިޔުކޭޝަންގައެވެ.
ޒަކާތު ހައުސް އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނީ މިއަދުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ ވަގުތުތަކަށް ބަލާއިރު މިއަދާއި މާދަމާ ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެ އެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެ އެވެ. އަދި މި ދެ ދުވަހުގެ މެންދުރު ފަހު 13:00 އިން 15:00 އަށް ވެސް ޒަކާތް ދެއްކޭނެ އެވެ.
ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތެކެވެ.
* އާދައިގެ ހަނޑޫ
* ތައިލެންޑް ހަނޑޫ
* ބާސްމަތީ ހަނޑޫ
* ރަތް ހަނޑޫ
* ގޮދަން ފުށް
* އާޓާ ފުށް
ފިތުރު ޒަކާތުގެ ގޮތުގަައި ދައްކާނީ އެބަޔަކު ޢާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.