ENGLISH

14 މާރިޗު 2026

Advertisement

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

14 މާރިޗު 2026

|

ސުވެއިދާ ހުސެއިން

ވޭތުވެދިޔަ ދުވަސްތަކާއި އަޅާބަލާއިރު ރާއްޖޭގެ ވައި ސާފުވަމުން އަންނަކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

ވައިގެ ސާފުމިން ބަލާ "އައިކިއު އެއާ" އިން ދައްކާ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ވައިގެ ސާފުކަން ހުރީ އާދައިގެ ވަރަކަށެވެ. އެގޮތުން ރާއްޖޭގެ އިތުރުގެ ވައިގެ ސާފުކަން ހުރީ 60 ގައެވެ. އަދި މާލެ ސަރަހައްދުގައި ވައިގެ ސާފުކަން 55 ގައި ހުރިއިރު، އެންމެ ދެކުނުން އައްޑޫ ސިޓީ ސަރަހައްދުގައި ވައިގެ ސާފުކަން ހުރީ 33 ގައެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ ވައިގެ ސާފުކަން ކުރިއަށް އަޮތް ދުވަސްތަކުގައި ރަނގަޅުވަމުން އަންނަކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހަށް ބަލާއިރު، ވައި ސާފުވާނެކަމަށް ދައްކާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. 

މިދިޔަ މަހުގެ ތެރޭގައި ރާއްޖޭގެ ވައި ނުރައްކާ މިންވަރަކަށް، ވަނީ ނުސާފުވެފައެވެ. އެހެންވުމުން އެޗްޕީއޭއިން އޭރު ވަނީ، ބޭރަށް ނިކުންނައިރު، ސަލާމަތީ ފިވަޅުތައް އެޅުމަށްވެސް އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ ވައި ސާފުވެފައިވާއިރު، ރާއްޖޭގެ މޫސުން ވެސް ރަނގަޅުވެފައިވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. މިގޮތުން، ވައި ޖެހޭނީ ތިން މޭލާއި 13 މޭލާއި ދެމެދުގައި ކަމަށާއި، ކަނޑުތައް ވެސް މަޑުވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ. 

މޫސުން މިދުވަސްވަރު ރަނގަޅު ނަމަވެސް، މިދުވަސްވަރަކީ އަހަރުގެ ހޫނުގަދަ ދުވަސްވަރެކެވެ. މިގޮތުން، ރާއްޖޭގެ އުތުރުން ހަނިމާދޫ، އަދި ދެކުނުން ކާޑެއްދޫގައި އިހްސާސް ކުރެވޭ ހޫނުމިން ހުރީ 35.7 ގައެވެ. އަދި މާލެ ސަރަހައްދުގެ އިހްސާސްކުރެވޭ ހޫނުމިން 34.9 ގައި ހުރިއިރު، ކައްދޫގެ ހޫނުމިން ހުރީ 34.5 އަދި ގަމުގައި 33.8 ގައި މިއަދުގެ ހޫނުމިން ހުރިކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު