ENGLISH

14 މާރިޗު 2026

Advertisement

ރައީސަކީ ސިޔާސީ ފައިދާއަށް ބެއްލެވުމެއްނެތި ހަރުދަނާ، މުހިންމު ނިންމެވުންތަކެއް ނިންމަވާ ބޭފުޅެއް: ފަލާހު

14 މާރިޗު 2026

|

އައިމިނަތު ޝަފާ

ހުޅުމާލެ ދެކުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި މެމްބަރު ފަލާހު ވާހަކަފުޅު ދައްކަވަނީ. ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ފައިދާ ހުރި ގޮތް ކަމަށް ވިދާޅުވި. ފޮޓޯ؛ ޕީއެންސީ

ރައީސަކީ ސިޔާސީ ފައިދާއަށް ބެއްލެވުމެއްނެތި ހަރުދަނާ، މުހިންމު ނިންމެވުންތަކެއް ނިންމަވާ ބޭފުޅެއް ކަމަށް ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ. 

ފަލާހު މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން ކުރިއަށްގެންދިޔަ ހުޅުމާލެ ދެކުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

މާޒީވި ވެރިކަންތަކުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނޫޅުނީ އިހުލާސްތެރިކަން ނެތީމަކަމަށް ފަލާހު ވިދާޅުވި އެވެ. 

ހިނގަމުންމިދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނަތީޖާތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މި މަޖިލީހަށް މިވީ ދުވަސްކޮޅުގެ ތެރޭގައި ގާތްގަނޑަކަށް ފަސްދޮޅަހަކަށް ގާނޫނަށް އިސްލާހު ގެނައުމާއި، އަލަށް ހުށަހެޅުނު ގިނަ ގާނުނުތަކެއް ފާސްކޮށްފައިވާކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަކީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާ ވެރިއެއްކަން ސާބިތުކޮށްދެއްވަމުން އަންނަކަމަށް ފަލާހު ވިދާޅުވި އެވެ. 

"މިވަގުތު ރާއްޖޭގައި ތިއްބެވި ސިޔާސީ ބޭފުޅުން ސިފަކުރައްވާ ގޮތުގައި މިއަދުގެ ރައީސަކީ ގައުމެއްގެ ސިފައިގައި ދައުލަތް ހިންގުމަށް ހަވާލުވި ހަމައެކަނި ރައީސް. ގިނަ ބޭފުޅުން ރައީސް ސިފަކުރައްވަނީ ކުރީގެ ރައީސް މަރުހޫމް ނާޞިރު ގެންގުޅުއްވި ފަދަ ސިޔާސަތުތަކެއް ގެންގުޅުއްވާ އަދި އެ ސިޔާސަތުތައް ތަންފީޒުކުރައްވާ ވެރިއެއްގެ ގޮތުގައި. ވަރަށް ކުޅަދާނަ ވަރަށް މުހިންމު ވަރަށް ހަރުދަނާ ނިންމުން ނިންމަވާ ބޭފުޅެއްގެ ގޮތުގައި. ސިޔާސީ ތާއީދަށް ނުބައްލަވައި ރައްޔިތުންގެ ފައިދައަށް ކަންކަން ނިންމަވާ ވެރިއެއްގެ ގޮތުގައި. " - ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު

ރައީސް ގައުމުގެ މުސްތަގުބަލަށް ކުރައްވާ މަސައްކަތްޕުޅުތަކުގައި ކައުންސިލުތަކަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ ބައެއް ކަމަށް ވިދާޅުވެ ފަލާހު ވަނީ ކުރިއަށް އޮތް އިންތިހާބުގައިވެސް ވަރަށް ވިސްނުންތެރިކަމާއެކު ވޯޓު ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ. 

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ކޮއްގެންވާނޭކަމެއް ނޫންކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން އަންނައިރު އެކަން އެގޮތަށް ނުކުރެވެންވީ ސަބަބު އިދިކޮޅު ފަރާތްތަކަށް ބުނެ ނުދެވޭކަމަށް ވިދާޅުވެ ފަލާހު ވަނީ ފާޑުވިދާޅުވެފަ އެވެ. 

އަދި ކޮންގްރެސް ޕާޓީން މިކަން ކުރަން އުޅެނީ މިކަމުގައި ރައްޔިތުންނަށް ވާނެ ގިނަ ފައިދާތަކެއް އޮތުމުންކަމަށާއި ވުމާއެކު އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ އިންތިހާބުގައި ދެ އިންތިހާބުގެ ރެފަރެންޑަމްއަށް "އާނއެކޭ" ބުނުމަށް ރައްޔިތުންނަށް ފަލާހު ވަނީ އިލްތިމާސްކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު