ENGLISH

01 މާރިޗު 2026

Advertisement

ހާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އެެމެރިކާއާ އިޒްރޭލުން އިއުލާނުކޮށްފި

01 މާރިޗު 2026

|

އަޙުމަދު ޙަމީދު

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ

އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އެމެރިކާއާ އިޒްރޭލުން އިއުލާނުކޮށްފި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ އެކަން ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. ޓްރަމްޕް ވަނީ އޭނާގެ މީސް މީޑިއާ ޕްލެޓްފޯމްގައި ދިގު ޕޯސްޓެއް ވެސް ކޮށްފަ އެވެ. އަދި ޚާމަނާއީ އަވަހާރަކޮށްލެވުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

އެއީ އީރާންގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށާ ދުނިޔޭގެ ސުލްހައަށް ލިބުނު ނަސްރެއްގެ ގޮތުގައި ވެސް އޭނާ ވަނީ ސިފަކޮށްފަ އެވެ.

ޓްރަމްޕްގެ މި ބަޔާނުގެ ކުރީން އިޒްރޭލްގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި ބޮޑުވަޒީރު, ނަތައްޔާހޫ ވެސް ވަނީ ޚާމަނާއީ އަވަހާރަކޮށްލާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. ނުސީދާ ބަސްމަގަކުން ވިދާޅުވީ "ޚާމަނާއީގެ ކިބައިން ސަލާމަތް ވެއްޖެ" ކަމުގަ އެވެ.

އޭގެ ފަހުން އިޒްރޭލްގެ ބައެެއް މީޑިއާތަކުން ވަނީ ޚާމަނާއީގެ ހަށިކޮޅު ވެސް މިހާރު ހޯދާފައިވާ ކަމަށް ބުނެފަ އެވެ. ހަށިކޮޅު ފޮޓޯތައް ޓްރަމްޕާއި ނަތަންޔާހޫއަށް ވެސް ފެނިފައިވާ ކަމަށް ވެސް ރިޕޯޓްކުރި އެވެ. 

ނަމަވެސް އޭގެ ފަހުން ވެސް އިރާންގެ މީޑިއާތަކުން ވަނީ ޚާމަނާއީ އަވަހާރަ ނުވާކަން ޔަޤީންކޮށް ދީފަ އެވެ. އަދި އަސްކަރިއްޔާއަށް އިރުޝާދު ދެއްވުމުގައި ސަލާމަތްތެރިކަމާ ރައްކާތެރިކަމާއެކު ޚާމަނާއީ ހުންނެވި ކަމަށް ބުނެފައިވެ އެވެ.

ބައިނަލްއަޤްވާމީ ބޮޑެތި ބައެއް މީޑިއާތަކުން ވެސް ވަނީ ޚާމަނާއީ އަވަހާރަވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އެމެރިކާއާ އިޒްރޭލް ގުޅިގެން މިއަދު ދިން ހަމަލާތަކުގައި ޚާމަނާއީގެ ގަނޑުވަރުކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުކޮށްލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު