ENGLISH
01 މާރިޗު 2026
ހަމަލާތައް ހުއްޓާލައި ނުތަނަވަސްކަން ކުޑަކުރުމަށް ރާއްޖެއިން ގޮވާލައިފި
01 މާރިޗު 2026
|
ރައީސް ޑރ.މުއިއްޒާއި ހާރިޖީ ވަޒީރު ޑރ.ހަލީލު
އެންމެ މަޤްބޫލު
އީރާނަށް އިސްރާއީލާއި އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވާތީ، ހުރިހާ ފަރާތްތަކުން ހަމަލާ ބަދަލުކުރުން ހުއްޓާލައި، ނުތަނަވަސްކަން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސަރުކާރުން އަންނަނީ މެދުއިރުމަތީގެ ހާލަތު ނިއުޅެމުންދާ ގޮތް، އަދި ނުތަނަވަސްކަން އިތުރުވަމުންދާ ގޮތް ނުހަނު ބޮޑު ކަންބޮޑުވުމާއެކު ކައިރިން ބަލަމުން ކަމަށެވެ.
ހުރިހާ ފަރާތަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކުރުމާއެކު ހުރިހާ ފަރާތްތަކަށް ބާރުއަޅަނީ ނުތަނަވަސްކަން ކުޑަކުރުމަށް މަސައްކަތްކުރުމަށް ކަމުގައި ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ސަރަހައްދަށް ސަލާމަތާއި ހަމަޖެހުން އަލުން އިއާދަކުރުމަށް ސަރުކާރުންވަީ ގޮވާލާފައެވެ.
އެއާއެކު ދިވެހި ސަރުކާރުން ބުނެފައިވަނީ ބައިނަލްއަގުވާމީ ގާނޫނަށް އިހުތިރާމުކޮށް އދ.ގެ ޗާޓަރުން ލާޒިމުކުރާ ކަންކަން ހުރިހާ ގައުމުތަކުންވެސް ތަންފީޒުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އެއާއެކު ސަރުކާރުންވަނީ ހުރިހާ ވަގުތެއްގައި ހުރިހާ އެންމެންވެސް ގައުމުތަކުގެ ސިޔާދަތާއި ސަރަހައްދީ ނަޒާހަތްތެރިކަމަށް އިހުތިރާމުކުރުމަށް އެދޭ ކަމަށެވެ.
އުފެދޭ ދެބަސްވުންތައް ސުލްހަވެރިކަމާއެކު ހަމަޖެއްސުމަށް ޒަމާނުއްސުރެ ރާއްޖެއިން އިލްތިޒާމުވެފައި އޮތް އޮތުން ތަކުރާރުކުރުމާއެކު، ސަރަހައްދީ އަދި އާލަމީ ހަމަޖެހުމާއި ރައްކާތެރިކަްނ ދެމެހެއްޓުމުގައި ގުޅިގެން ހުރިހާ ގައުމުތަކުން މަސައްކަތްކުރުމުގެ މުހިއްމުކަން ސަރުކާރުން ފާހަގަކުރިއެވެ.