ENGLISH

01 މާރިޗު 2026

Advertisement

ވަޒީރު ތޯރިގު އެއާޕޯޓުގައި ތިބި ފަތުރުވެރިންގެ ހާލު ބައްލަވައިފި، އެހީތެރިވުމަށް ސަރުކާރުން މަސައްކަތްކުރަނީ

01 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ވީއައިއޭގައި ތިބި ފަތުރުވެރިންގެ އަރިހަށް ވަޑައިގެން ވަޒީރު އެ މީހުންގެ ހާލު ބައްލަވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް އެ އެއާޕޯޓުގައި ތާށިވެފައި ތިބި ފަތުރުވެރިންގެ ހާލު ބައްލަވައި، އެ މީހުންނަށް އެހީތެރިވުމަށް ހަމަޖައްސަމުންދާ އިންތިޒާމުތައް ބައްލަވައިލައްވައިފިއެވެ. 

މިއަދު އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އީރާނުންވަނީ ރައްދުގައި ހަ އަރަބި ގައުމެއްގައި ހުރި އެމރިކާ ބޭސްތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައެވެ. އެ ހަމަލާތަކާ ގުޅިގެން ކުވައިތާއި ޔޫއޭއީއާއި ގަތަރުގެ ވައިގެ ސަރަހައްދު އެ ގައުމުތަކުން ބަންދުކުރުމާއި، ހަމަލާތަކާ ގުޅިގެން އެއާލައިންތަކުން ދަތުރުކުރާ މަގުތަކަށް ބަދަލުތަކެއްވަނީ ގެނެސްފައެވެ. 

އެ ހާލަތާ ގުޅިގެން ވީއައިއޭގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި 1،400 އެއްހައި ފަތުރުވެރިން އެބަ ތިއްބެވެ. މިނިސްޓްރީން ބުނެފައިވަނީ މެދުއިރުމަތީގެ ހާލަތު ކައިރިން ބަލަމުން އަންނަ ކަމަށެވެ. އަދި އެއާޕޯޓުގައި ތާށިވެފައި ތިބި، ފުލައިޓުތަކަށް އައި ބަދަލުތަކާ ގުޅިގެން އެހީތެރިކަމަަށް ބޭނުންވެފައި ތިބި 1،400 އެއްހައި ފަތުރުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. 

އަދި އެ ފަތުރުވެރިންނަށް ތިބުމާއި އެކޮމަޑޭޝަންގެ ހިދުމަތްތައް ހަމަޖައްސައިދިނުމަށް ގުޅުންހުރި ފަތުރުވެރިކަމުގެ ފެސިލިޓީތަކާ ގުޅިގެން މިނިސްޓްރީން މަސައްކަތްކުރަމުންދާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

އަދި އެއާލައިންތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާ އެކީގައި މަސައްކަތްކޮށް، މެދުއިރުމަތީގެ ހާލަތުން ނޭދެވޭ އަސަރުކޮށްފައިވާ ހުރިހާ ފަސިންޖަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓްރީން ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު