ENGLISH
01 މާރިޗު 2026
މެދުއިރުމަތީގެ ޙާލަތު ގޯސްވުން: ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށައިފި
01 މާރިޗު 2026
|
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު --
އެންމެ މަޤްބޫލު
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ސަޕްލައި ޗެއިންއަށް ދިމާވެދާނެ ގޮންޖެހުންތައް މޮނިޓާކޮށް ދިވެހިރައްޔިތުންނަށް ކާބޯތަކެއްޗާއި އަސާސީ ބާވަތްތައް ލިބުން ކަށަވަރުކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އެ ދައުލަތުގެ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު ކުރިމަތިވެދާނޭ އަސަރުތައް ވަރަށް ރަނގަޅަށް މޮމިޓަރ ކުރަމުންގެންދާ ކަމަށެވެ. އެގޮތުން ބައިނަލްއަޤްވާމީ މުދާ އުފުމުގެ ނިޒާމަށް އަތުވެދާނޭ ލޮޅުންތައް ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންގެންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
އަދި ރާއްޖެއަށް އާއްމުކޮށް މުދާ އެތެރެކުރާ މާކެޓްތަކާއި، ރުޓުތަކަށް ދިމާވެދާނެ ދަތިތައް ދެނެގަނެ، އެކަމުން އަރައިގަތުމަށްޓަކައި ބޭނުންވާނޭ އެހެނިގެން އިތުރު މާކެޓްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
މިނިސްޓްރީން ބުނީ މި ދަނޑިވަޅުގައި ސަރުކާރުގެ އެންމެ އިސް އަމާޒަކީ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ. މިގޮތުން ރާއްޖެއަށް ބޭނުންވާ މުހިންމު ބާވަތްތަކުގެ ސްޓޮކްތައް ހުސްނުވެ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމާއި. އިމްޕޯޓް ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުގެ މުއައްޒަސާތަކާއި، އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އަލަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް މިނިސްޓްރީން ބުންޏެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން އިސްކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ ފަސޭހަކަމާއެކު ލިބޭނޭމަގު ފަހިކޮށްދިނުން ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.