ENGLISH

21 ފެބްރުއަރީ 2026

Advertisement

ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ އަސްލު ނަތީޖާ ނެރެދޭނެތީ: ފައިސަލް

21 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މާފަންނު އުތުރު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ފައިޞަލް . ފޮޓޯ؛ޕީއެންސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހެނީ ރައްޔިތުން ބޭނުންވާ ނަތީޖާ އެ ކެންޑިޑޭޓުން ނެރެދޭނެތީ ކަމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ފައިޞަލް ވިދާޅުވެއްޖެ އެވެ.

ފައިޞަލް މިފަދައިން ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

ފައިޞަލް ވިދާޅުވީ އެތައް ޒަމާނަކުންސުރެ މާލޭގެ ރައްޔިތުން އަދި ވަކިން ހާއްސަ ގޮތެއްގައި މާފަންނު އުތުރު ދާއިރާގެ ރައްޔިތުން އެދިއެދި ތިބި ތަރައްގީއާއި ތަހުޒީބާއި ތަމައްދުނުގެ ހުޅުކޮޅު ދިއްލާލަދެއްވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަމަށެވެ. ތަރައްގީއާއި ތަމަދުނުގެ އަމާޒުތަކަށް ވާސިލުވުމަށް ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހުރިހާ ކެންޑިޑޭޓުންގެ ވެސް ވާޖިބެއް ކަމަށް ފައިޞަލް ވިދާޅުވި އެވެ. 

ފައިޞަލް ވިދާޅުވީ ކެންޑިޑޭޓު ކަމަށް ކުރިމަތިލީ ދާއިރާއަށް ދިމާވެފައި ހުރި ބޮޑެތި ދަތިތަކަށް ހައްލު ހޯދަައިދިނުމަށް ކަމަށެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ނުކުންނެވީ މިހާތަނަށް މާލެ ސަރަހައްދު ދުށް ވަރުގަދަ ތަރައްގީގެ ބާނީ ގެ ފަހަތުގައި ހުންނަވައިގެން ކަމަށާއި ރައީސް މުއިއްޒަކީ މިއަދު ގްރޭޓަރ މާލެ ދެކޭ ތަހުޒީބުގެ މޭސްތިރިޔާ ކަމަށް ފައިޞަލް ވިދާޅުވި އެވެ. 

"މި އަންނަނީ ސަރުކާރު ޖަވާބުދާރީ ކުރުވާކަށް ނޫން. ދެކޮޅުވެރިކަމާއި އަދާވާތްތެރިކަމާއެކު މަސައްކަތް ކުރާކަށް ނޫން. ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ އަސްލު ނަތީޖާ ނެރެދެއްވާނެތީ. ރިއަލް ކޮންކްރީޓް ރިޒަލްޓެއް ނެރެދެއްވާނެތީ. އެހެންވެ ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންވީ. " - މާފަންނު އުތުރު ދާއިރާގެ ކައުންސިލު ގޮނޑިއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ފައިޞަލް 

ފައިޞަލް ވަނީ ރައީސް ގެންގުޅުއްވާ ތަރައްގީގެ އަމާޒަށް ވާސިލުވުމަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު