ENGLISH
21 ފެބްރުއަރީ 2026
މިދިޔަ އަހަރުގެ ފަހު ހަ މަހު އެޗްއާރުސީއެމްއަށް 426 މައްސަލަ ހުށަހެޅި
21 ފެބްރުއަރީ 2026
|
ހިއުމަން ރައިޓްސް ކޮމިޝަން / ފޮޓޯ: ދިޔަރެސް
އެންމެ މަޤްބޫލު
މިދިޔަ އަހަރުގެ ފަހު ހަ މަހު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް 426 މައްސަލަ ހުށަހަޅާފައިވާކަން އެ އިދާރާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފެބްރުވަރީ 19 ވަނަ ދުވަހު އެ ކޮމިޝަނުން ނެރެފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖުލައި މަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް 426 މައްސަލަ ހުށަހަޅައިފައިވެއެވެ.
ޖުމްލަ މައްސަލަތަކުގެ ތެރެއިން 196 މައްސަލަ އެ އިދާރާއިން ވަނީ ތަހުގީގުކޮށްފައެވެ. މީގެތެރޭގައި، ހިމެނެނީ އެންޓި ޓޯޗާ ޤާނޫނުގެ ދަށުން ހުށަހަޅައިފައިވާ 23 މައްސަލައަކާއި އިންސާނީ ހައްގުތަކާ ގުޅޭ 173 މައްސަލައެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފަހު ހަ މަހު 306 މައްސަލައެއް ބަލައި ނިންމާފައިވާއިރު 307 މައްސަލައެއް ދިޔައީ ބަލަމުންނެވެ. އަދި މީގެ އިތުރުން އެއް މައްސަލަ ދައުވާ ކުރަން ޕީޖީ އޮފީހައް ފޮނުވާފައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓަށް މިދިޔަ އަހަރު ޖުލައި އިން ފެށިގެން ޑިސެމްބަރަށް 43 މައްސަލައެއް ވަނީ ހުށަހަޅާފައިއެވެ. އޭގެ ތެރެއިން 20 މައްސަލައެއްގެ މައުލޫމާތު އެހެން އިދާރާތަކަށް ވަނީ ފޯރުކޮށްދީފައެވެ.
މި ޔުނިޓަށް ހުށަހެޅި މައްސަލަތަކަށް ބަލަލާއިރު ގާނޫނީ ޒިންމާ އަދާނުކުރުމުގެ 6 މައްސަލައާއި އިންސާނީ ހައްގުތަކާ ހިލާފުވާ 6 މައްސަލައަކާއި ކޮރަޕްޝަންގެ މައްސަލައެއްގެ އިތުރުން އެހެނިހެން 3 މައްސަލަ ހިމެނެއެވެ. މީގެއިތުރުން ދައުލަތުގެ މަގާމު ނަހަމު ގޮތުގައި ބޭނުންކުރުމުގެ 26 މައްސަލައެއްވެސް ވަނީ ހުށަހަޅާފައެވެ.