ENGLISH
21 ފެބްރުއަރީ 2026
ޖަނަވަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ 43 އިންސައްތަ އިތުރުވެއްޖެ
21 ފެބްރުއަރީ 2026
|
މީރާގެ ހެޑް އޮފީސް. ފޮޓޯ:ޕީއެސްއެމް
އެންމެ މަޤްބޫލު
ހުސްވި ޖަނަވަރީ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްމުދަނީ 43 އިންސައްތަ އިތުރުވެއްޖެ އެވެ.
މިދިޔަ މަހު ބޭރު ފައިސާއިން ލިބުނު ޖުމްލަ އާމްދަނީއަކީ 180 މިލިއަން ޑޮލަރެވެ. އެއީ އޭގެ ކުރީ އަހަރުގެ މި މުއްދަތުގައި ލިބުނު 126 މިލިއަން ޑޮލަރާ އަޅާބަލާއިރު 54 އިންސައްތަ އިތުރު އަދަދެކެވެ. ޑޮލަރުން ލިބުނު އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ކުރިއެރުންތަކުގެ ސަބަބުންނެވެ.
މިދިޔަ މަހު ޓެކުހުގެ ގޮތުގައި 143 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު މިދިޔަ އަހަރުގެ ޖަނަވަރީ މަހު އެ އަދަދު ހުރީ 113 މިލިއަން ޑޮލަރުގަ އެވެ.
މިދިޔަ މަހު ޑޮލަރުން ލިބުނު އާމްމުދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޓީޖީއެސްޓީން ނެވެ. ޓީޖީއެސްޓީން 80 މިލިއަން ޑޮލަރު ދައުލަތަށް ލިބިފައިވާއިރު ދެވަނައަށް އެންމެ ބޮޑު އާމްމުދަނީއެއް ލިބުނީ އިންކަމް ޓެކްސް އިންނެވެ. އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 37 މިލިއަން ޑޮލަރު ލިބިފައި ވެއެވެ.
އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި މިދިޔަ މަހު 18 މިލިއަން ޑޮލަރު ލިބިފައިވާއިރު، ގްރީން ޓެކުހުގެ ގޮތުގައި 14 މިލިއަން ޑޮލަރު އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 12 މިލިއަން ޑޮލަރު ލިބިފައިވާކަމަށް ހިސާބުތަކުން ދައްކައެވެ.
މިދިޔަ މަހު ދައުލަތަށް 4.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ އެެއް ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.