ENGLISH

21 ފެބްރުއަރީ 2026

Advertisement

ގެއްލިގެން ރިޕޯޓްކުރި ދިވެހި މީހާ އަދިވެސް ނުފެނޭ: ފުލުހުން

21 ފެބްރުއަރީ 2026

|

ޢަލީ ޝަހީމް

ގެއްލިގެން ހޯދަމުން އަންނަ އިބްރާހީމް އިމްތިޔާޒް ޢަލީ -- ފޮޓޯ: ފުލުހުން

މާލެއިން ގެއްލިގެން ހޯދަމުން އަންނަ ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ. 

ގެއްލިގެން އާއިލާއިން ރިޕޯޓްކުރުމާއެކު ހޯދަމުން އަންނަނީ، ހ. ފެވަރިޓްވިލާ / މާލެ، 30 އަހަރުގެ އިބްރާހީމް އިމްތިޔާޒް ޢަލީ އެވެ. 

އިމްތިޔާޒް ޢަލީ އެންމެ ފަހުން ފެނިފައިވަނީ ފެބްރުއަރީ 13 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 13:00 އާ ދެމެދުގެ ވަގުތެއްގައި އާއިލާ މެންބަރަކަށް ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އެދުވަހުގެ ފަހުން ޚަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފަ އެވެ. ފުލުހުން ބުނީ، އިމްތިޔާޒް ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައިވަނީ ފެބްރުވަރީ 17 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު ކަމަށެވެ. 

ބައެއް މީޑިއާތަކުގައި މިއަދު ރިޕޯޓްކޮށްފައިވާ ގޮތުން އިމްތިޔާޒް އަދިވެސް ފެނިފައެއްނުވެ އެވެ. އެހެންވެ، ފުލުހުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ. 

އިމްތިޔާޒް ޢަލީއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅައި އެކަން ހިއްސާކޮށް ދިނުމަށް ފުލުހުން ވަނީ އެދިފައެވެ. 

ކިޔުންތެރިންގެ ހިޔާލު