ENGLISH
12 ފެބްރުއަރީ 2026
ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
12 ފެބްރުއަރީ 2026
|
ޕޮލޮސް އޮފިސާސް ، ފޮޓޯ: ޕްރެޒިޑެންޓް އޮފީސް
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ކެމްޕަހުގައި ފުލުހުންގެ ހިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީން ކޯސް ފަށައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ ޑެޕިއުޓީ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ބަޝީރު އެވެ.
މި ރަސްމިއްޔާތުގައި ކޮލެޖްގެ މުވައްޒަފުންނާއި އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި އަދި މުދައްރިބުން ވަނީ ބައިވެރިވެފައެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށްގެންދާ އަސާސީ ތަމްރީނުގެ 42 ވަނަ ކޯހެވެ.
މި ކޯހަކީ 17 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ ކޯހެކެވެ. އެގޮތުން 42 ވަނަ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ 15 ފެބުރުއަރީގައެވެ. މި ކޯހުގައި 158 ފުލުހުން ބައިވެރިވާނެއެވެ.
މި ކޯހުގެ ސަބަބުން ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު ލިބި މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިގެންދާނެކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އަދި، މި ކޯހުގައި ގާނޫނާއި ގަވާއިދާއި ފިޒިކަލް ޓްރެއިނިން އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސްގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.