ENGLISH

12 ފެބްރުއަރީ 2026

Advertisement

ނ. މަގޫދޫގައި ތަރައްޤީކުރާ އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލައިފި

12 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

ނ.މަގޫދޫ އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން-- ފޮޓޯ: އެމްޓީސީސީ

ނ. މަގޫދޫ އައުޓްޑޯ ޖިމެއް ގާއިމުކުރުމަށް ސަރުކާރުން ފެށި މަޝްރޫގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނީ، މި މަހުގެ 9 ވަނަ ދުވަހު މަގޫދޫގެ އައުޓްޑޯ ޖިމްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ނ.މަގޫދޫ އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 29 ވަނަ ދުވަހުގަ އެވެ. މިއީ 439,700 ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މި އަހަރުގެ ނިޔަލަށް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އައުޓްޑޯ ޖިމެއް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީކޮށްދެއްވާނެ ކަމަށް ވެސް އެކަމިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ނ.މަގޫދޫ އައުޓްޑޯ ޖިމް ނިމި ހުޅުވަން ތައްޔާރުވުން-- ފޮޓޯ: އެމްޓީސީސީ

މި މަޝްރޫއުތަކަކީ ރައްޔިތުންގެ ޖިސްމާނީ، އަދި ނަފްސާނީ ޙާލަތު ރަނގަޅުކޮށް، ޢާއިލީ ގުޅުންތައް ހަރުދަނާކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާގެން ކުރައްވަމުން އަންނަ މަސައްކަތްތަކެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ އަމާޒުގެ ދަށުން ސަރުކާރުން ވަނީ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފަ އެވެ. މިއާއެކު ޖުމްލަ 102 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު