ENGLISH

12 ފެބްރުއަރީ 2026

Advertisement

53،000 އަށް ވުރެ ގިނަ މަސް ކޭސް ދޫކޮށްފި، ދެން ދޫކުރާނީ މިފްކޯއިން

12 ފެބްރުއަރީ 2026

|

އައިމިނަތު ޝަފާ

މާލޭ ސަރަހައްދުގައި މަސްކޭސް ދޫކުރުން. ފޮޓޯ؛ ސިޓީތަކާ ބެހޭ ވުޒާރާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސްތަކުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ) ގެ ގޭބިސީތަކަށް ރޭގެ ނިޔަލަށް 53،308 މަސްދަޅު ކޭސް ދޫކޮށްފިއެވެ.

މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ދޫކުރުމުގެ މަސައްކަތް ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނީ ރޯދަ ހަދިޔާއަށް މަސްދަޅު ކޭސްތައް ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިންމާލާފައިވާކަމަށެވެ. ނަމަވެސް އެއްވެސް ސަބަބަކާހުރެ މަސްދަޅު ކޭހާއި ހަވާލު ނުވާ ފަރާތްތަކަށް ދެން މަސްދަޅު ކޭސް ލިބޭނީ މާލޭގައި ހުންނަ މިފްކޯ މަރުކަޒުންކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ. މިފްކޯ މަރުކަޒުން މަސްދަޅު ކޭސްތައް ދޫކުރާނީ މުލަ ރޯދަ ދުވަހާ ހަމަޔަށެވެ.

މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށް ގެންދަނީ ވުޒާރާގެ އިސް ނެގުމާއެކު ސަރުކާރުގެ ކުންފުނިތަކާއި، ފުލުހުންނާއި ސިފައިން ގުޅިގެންނެވެ. 

އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.

ކިޔުންތެރިންގެ ހިޔާލު