ENGLISH
12 ފެބްރުއަރީ 2026
ދެ ރަށެއްގައި ކެންޑިޑޭޓުންނާ ގުޅުން ހުރި މައްސަލަތަކެއް ކޯޓުގައި
12 ފެބްރުއަރީ 2026
|
ކ. ތުލުސްދޫ. ފޮޓޯ؛ އައްޑޫ ލައިވް
އެންމެ މަޤްބޫލު
ކެެންޑިޑޭޓުންނާ ގުޅުންހުރި މައްސަލަތަކެއް ކޯޓަށް ހުށަހެޅިފައިވުމާއެކު ދެ ރަށެއްގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ފަސްކޮށްފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ގުރުއަތުނަގަން ފެށީ މިއަދު ހެނދުނު 10:00 ގަ އެވެ.
އިންތިހާބަށް ނަން ތަރުތީބުކުރުމަށް ގުރުއަތުލުން ހުރިހާ ރަށެއްގައިވެސް އެއް ވަގުތެއްގައި ކުރިއަށް ގެންދިއުމަށް ނިންމިއިރު މާލެ އަތޮޅު ތުލުސްދޫއާއި ގުރައިދޫގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެންޑިޑެންސީއާ ގުޅުންހުރި މައްސަލަތަކެއް ސްޕްރީމް ކޯޓަށް ވަނީ ހުށަހެޅިފައެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ މި ދެ ރަށުގައި ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ކުރިއަށް ގެންދާނީ މައްސަލައާ ގުޅިގެން ކޯޓުން ވަކި ގޮތަކަށް ނިންމުމުން ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖުމުލަ 2،993 ކެންޑިޑޭޓުން ވާދަކުރެއެެވެ.
އަދި މި އިންތިހާބުގައި ޖުމުލަ ހަ ސިޔާސީ ޕާޓީއަކުން ވާދަކުރެއެވެ. މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ އިތުރުން ޑަބުލިއުޑީސީތަކަށް ވެސް އެ އަދަދަށް މެމްބަރުން އިންތިހާބު ކުރާނެއެވެ.