ENGLISH
12 ފެބްރުއަރީ 2026
އެއް ދުވަހެއްގައި ނިޔާވި ދެ ގައިދީއެއްގެ އޮޓޮޕްސީ ހެދުމަށް އިންޑިއާއަށް ގެންގޮސްފި
12 ފެބްރުއަރީ 2026
|
ފޮޓޯ: ވޮއިސް
އެންމެ މަޤްބޫލު
އެއް ދުވަހެއްގައި ނިޔާވި ދެ ގައިދީއެއްގެ އޮޓޮޕްސީ ހެދުމަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލު ހުކުމް ތަންފީޒުކުރަމުން ދިޔަ، ސ. ހިތަދޫ، ދިއްގާގަސްދޮށުގެ، ޙަސަން ނިޔާޒު (45އ) އާއި، ދަފްތަރު ނަންބަރު ދރ 439، އިބްރާހީމް ސުހައިލް (53އ) ނިޔާވެފައިވަނީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
މި ދެ ގައިދީންގެ ތެރެއިން ޙަސަން ނިޔާޒު ނިޔާވީ ޖަލުގައި ހުއްޓާ ހާލު ދެރަވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. އިބްރާހީމް ސުހައިލް ނިޔާވީ އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ހަމަ އެ ދުވަހުގެ ވަގުތެއްގައެވެ.
މި މަހުގެ 11 ވަނަ ދުވަހު އޮޓޮޕްސީ ހެދުމަށް ފޮނުވާލި މި ދެހަށިގަނޑު ފޮނުވާލައިފައިވަނީ އިންޑިއާއަށެވެ.
ފުލުހުން ވިދާޅުވީ މި ދެ މީހުންގެ މަރުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް އޮތްތޯ ބެލުމަށް އަދި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ކުރަންޖެހޭ ތަހުގީގުތައް މިހާރު ކުރިއަށްދާ ކަމަށެވެ.
އެއްދުވަހެއްގައި ދެގައިދީއެއް ނިޔާވުމާއި ގުޅިގެން އާންމުންގެ މެދުގައި ކަންބޮޑުވުން އުފެދިފައިވާއިރު ފުލުހުން ބުނީ މި މައްސަލަ ވަރަށް ސީރިއަށް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.
މީގެ ކުރިންވެސް ޖަލުގައި ގައިދީން މަރުވުމާއި ގުޅިގެން އާންމުންގެ ތެރޭގައި ކަންބޮޑުވުން ފާޅުކޮށް އަނިޔާކުރުމުގެ ތުހުމަތަކެއް އަމާޒުވުމާއެކު، މޯލްޑިވްސް ކަރެކްޝަންސް ސާވިސް އިން ވަނީ އެ އިދާރާއިން އެއްވެސް ގައިދީއަކަށް އަނިޔާނުކުރާނެކަމުގެ ޔަގީންކަންދީފައެވެ.