ENGLISH

12 ފެބްރުއަރީ 2026

Advertisement

ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

12 ފެބްރުއަރީ 2026

|

ހަނާން އަހުމަދު ނައީމް

ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިސްލާމިކްގެ ހައްޖު ޕްރޮމޯޝަނުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ ނަސީބުވެރިން ހޮވައިފިއެވެ.

ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮމޯޝަނުގައި 10 ނަސީބުވެރި ފަރާތެއް ވަނީ ހޮވައިފައެވެ. 

2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަން ވަނީ ޑިސެންބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައެވެ.

މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކޮށްފައިވަނީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިންގ ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންގެ އިތުރުން ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނެވެ. 

ކިޔުންތެރިންގެ ހިޔާލު