ENGLISH

12 ފެބްރުއަރީ 2026

Advertisement

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 10 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

12 ފެބްރުއަރީ 2026

|

އާމިނަތު ނުޒްލާ

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅޭމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތުގައި އިތުރު ދިހަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އިއްޔެ ހުޅުމާލެ ފޭސް 2 ހިޔާ ފްލެޓް ސަރަހައްދުގައި ރެއިޑް އޮޕަރޭޝަން ހިންގާފައިވަނީ، އެ ސަރަހައްދުގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކަމަށެވެ. އެގޮތުން މި އޮޕަރޭޝަނުގައި 95 ބިދޭސީއެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ދިހަ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އަދި އެގާރަ ހާހަށްވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލައިފަ އެވެ.

ބިދޭސީން ހޯދުމުގެ އޮޕަރޭޝަންގެ ތެރެއިން "އަނދިރި" ފަރާތުގައި ހިންގަމުންދިޔަ ބިދޭސީ ނެޓްވޯކްތަކާއި ޤަވާއިދާ ޚިލާފު އެތައް ވިޔަފާރިތަކެއް ވަނީ ހުއްޓުވައިފަ އެވެ.

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން.-- ފޮޓޯ: އިމިގްރޭޝަން

މީގެ އިތުރުން ރާއްޖޭގައި މޫލާފައިވާ ބޮޑު ތިން މައްސަލައެއް ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ޤައުމީ ފެންވަރުގައި މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

ޓާސްކްފޯސް އިން ކުރިއަށްގެންދާ މި އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު