ENGLISH
09 ފެބްރުއަރީ 2026
މާލެ ސަރަޙައްދުގައި މިހާތަނަށް 43،923 މަސްދަޅު ކޭސް ދޫކޮށްފި، ފަހު ތާރީޚަކީ ފެބްރުވަރީ 11
09 ފެބްރުއަރީ 2026
|
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން. ފޮޓޯ: ވުޒާރާ
އެންމެ މަޤްބޫލު
މާލެ ސަރަޙައްދުގައި މިހާތަނަށް 43،923 މަސްދަޅު ކޭސް ދޫކޮށްފައިވާ ކަމަށާއި، މި ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމުގެ އެންމެ ފަހު ތާރީޚަކީ ފެބްރުވަރީ 11 ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
މިއަދު އެ މިނިސްޓްރީން އާއްމުކުރި މަޢުލޫމާތުގައި ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ގްރޭޓަރ މާލެ ސަރަޙައްދު (މާލެ، ވިލިނގިލި، އަދި ހުޅުމާލެ)ގެ ގޭބިސީތަކަށް ދޫކުރުން ކުރިއަށްދަނީ މި މަހުގެ (ފެބުރުވަރީ) 11 އާ ހަމައަށް ކަމަށެވެ.
އެ ވުޒާރާގެ އިސްނެގުމާއެކު، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތައް ގުޅިގެން ފެށީ ހުސްވި ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުގެ ރެއެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސްތައް ދޫކުރަމުން ދާނީ މި ހިނގާ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށެވެ. މަސްދަޅު ކޭސް ދޫކުރާ ސުންގަޑިއަކީ ފެބުރުވަރީ 11 ވަނަ ދުވަހުގެ ރޭގަނޑު 11:00 އެވެ.
މާލެ ސަރަހައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ ޑޮމެސްޓިކް މީޓަރުތަކުގެ އަދަދަކީ 65،230 އެވެ. މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
އަދި އަތޮޅުތެރޭގެ ގިނަ ރަށްރަށުގައި ވެސް މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ރަށްރަށުގައި މަސްދަޅު ކޭސް ބެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ.
މާލޭ ސަރަޙައްދުގައި 14 މަރުކަޒަކުން މަސްދަޅު ކޭސް ދަނީ ދޫކުރަމުންނެވެ. މަސްދަޅު ކޭސް ހޯދުމަށް ޓޯކަން ލިބޭނީ https://roadhahadhiya.mv/dv ޕޯޓަލްއިންނެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އެދިފައިވަނީ ފަހު ވަގުތަށް މަޑުނުކޮށް އަވަހަށް މަސްދަޅު ކޭހާ ހަވާލުވުމަށެވެ.