ENGLISH
09 ފެބްރުއަރީ 2026
ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ވައި ނުސާފުވާނެތީ ސަމާލުވާން އިލްތިމާސްކޮށްފި
09 ފެބްރުއަރީ 2026
|
މާލެ ސަރަހައްދުގައި ވައި ނުސާފުވުން--ފޮޓޯ:މިހާރު
އެންމެ މަޤްބޫލު
ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ނުރައްކާ މިންވަރަކަށް ދަށްވެފައިވާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ދުންފުހުގެ އަސަރު މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކުން ކުރަމުން އަންނަ ކަމަށެވެ. އަދި ތަފާސް ހިސާބުތަކަށް ބަލާއިރު ދުރުފެންނަ މިންވަރު ތިން ކިލޯމީޓަރަށްވުރެ ދަށް ކަމަށެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށް މެޓް އިން ވަނީ ބުނެފަ އެވެ.
ވައިގެ ކޮލިޓީގެ މައުލޫމާތު ފެންނަ "އައިކިއު އެއާ" އިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގައި މިހާރު ޔޫއެސް އޭކިއުއައި ހުރީ 119 ގަ އެވެ. އަދި ކުޅުދުށްފުށި ސިޓީގައި ހުރީ 112ގަ އެވެ. މިއީ އޮރެންޖު އެލާޓު ހިމެނޭ ލެވެލް އެވެ.
މެޓް އިން ބުނީ އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅޭ ފަރާތްތަކާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން އިލްތިމާސް ކުރާ ކަމަށެވެ.
ވައި ނުސާވުމުގެ ސަބަބުން ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށް ތަކުރާރުކޮށް އެޗްޕީއޭ އިން ވަނީ ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ނާޒުކު ހާލަތްތަކުގައިވާ ފަރާތްތަކުން ސަމާލުވުމަށް އެދި އެޗްޕިއޭ އިން ވަނީ ސަލާމަތީ ބައެއްކަންތައް ހާމަކޮށްފަ އެވެ. އެގޮތުން:
ރާއްޖެއަށް އިރުވައި މޫސުން ފެށުމާއެކު ކޮންމެ އަހަރަކު ވެސް އިރުވައި މޫސުމުގައި ޖައްވު ނުސާފުވެއެވެ. ރާއްޖޭގެ ޖައްވު ތަޣައްޔަރުވުމުގެ ސަބަބަކީ އުތުރު އިންޑިއާގެ ސަރަޙައްދުތަކުން އަންނަ ނުސާފު ވައިގެ ސަބަބުންނެވެ.
ރާއްޖެއަށް އިރުވައި މޫސުން ފެށުނީ މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު އެވެ. މިއީ، ފަހަކަށް އައިސް އެންމެ އަވަހަށް ރާއްޖެއަށް އިރުވައި މޫސުން ފެށުނު ފަހަރެވެ.