ENGLISH
09 ފެބްރުއަރީ 2026
ކައުންސިލް އިންތިޚާބުގެ އޮބްޒާވަރުންނަށް ފުރުސަތު ހުޅުވާލައިފި
09 ފެބްރުއަރީ 2026
|
އިލެކްޝަންގައި އީސީގެ އޮފިޝަލުން ހަރަކާތްތެރިވަނީ-- ފޮޓޯ: އިލެކްޝަން ކޮމިޝަން
އެންމެ މަޤްބޫލު
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ، އިންތިޚާބުގެ ކަންތައްތައް އޮބްޒާވުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، މިއަދުން ފެށިގެން ފެބްރުއަރީ 28، 2026 ވާ ހޮނިހިރު ދުވަހުގެ 15:00 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އިލެކްޝަން އިން އިއުލާނުކޮށްފައިވާ އޮބްޒާވަރުންނަށް ވުމުގެ ޝަރުތުތައް:
އިންތިޚާބުގެ އޮބްޒާވަރުންގެ ގޮތުގައި ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާޢަތްތަކުންނާއި، އަމިއްލަ ފަރާތްތަކަށް އޮބްޒާވަރުންނަށް ވުމަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް އިލެކްޝަން އިން ވަނީ ބުނެފަ އެވެ. އަދި ފޯމު ހުށަހަޅަންވީ ގޮތުގެ ތަފްޞީލް ވަނީ އިއުލާނުގައި ބަޔާންކޮށްފަ އެވެ. އެގޮތުން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އޮންލައިން ކޮށެވެ.
އިލެކްޝަނުން ބުނީ، ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކަށާއި، ޖަމާޢަތްތަކަށް ފާސްދޫކުރަނީ، ކޮންމެ ސިޔާސީ ޕާޓީއަކަށާއި، ޖަމްޢިއްޔާއަކަށް، އިންތިޚާބުގައި ވޯޓުލުމަށް ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށްވުރެ ދިހަ އިންސައްތަ އިތުރުނުވާ ގޮތަށް ކަމަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ޙައިސިއްޔަތަކުން އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެއް އޮބްޒާވަރުންނަށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެ ކޮމިޝަނަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފަ އެވެ.