ENGLISH

09 ފެބްރުއަރީ 2026

Advertisement

އައިކެއާގެ އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ހޮވައިފި

09 ފެބްރުއަރީ 2026

|

އައިޝަތު ޝާލީން

އައިކެއާގެ "ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތު އައިކެއާ" ގެ ނަސީބުވެރި ފަރާތް ހޮވުން -- ފޮޓޯ: އައިކެއާ

އައިކެއާގެ "ވިން އަ ރަމަޟާން އުމްރާ ޓްރިޕް ވިތު އައިކެއާ" ލަކީޑްރޯގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. 

އުމްރާ ދަތުރުގެ ނަސީބުވެރި ފަރާތް ހޮވާފައިވަނީ އައިކެއާ އޮޕްޓިކަލް އައުޓްލެޓުން ޓީވީއެމް މެދުވެރިކޮށް ވަގުތުން ދެއްކި ޚާއްސަ ޕްރޮގްރާމެއްގައެވެ. މި ލަކީޑްރޯގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ މުހައްމަދު ސައުފާންއެވެ. 

މިއީ 28 ނޮވެމްބަރު 2025 އިން ފެށިގެން 31 ޖެނުއަރީ 2026 ގެ ނިޔަލަށް، ރާއްޖޭގެ ހުރިހާ އައިކެއާ އައުޓްލެޓްތަކެއްގައި ކުރިއަށްދިޔަ ކެމްޕޭނުގެ ނިންމުމެވެ. މި ކެމްޕޭނަށް ކަސްޓަމަރުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބަކާއި އިތުބާރެއް ލިބިފައިވާކަމަށް އައިކެއާއިން ބުނެފައިވެއެވެ. 

އައިކެއަރ އިން ބުނީ މިއީ ހަމައެކަނި ޕްރޮމޯޝަނެއްގެ ބަދަލުގައި، ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ކަސްޓަމަރުންނަށް ދެވޭ ހާއްސަ ހަދިޔާއެއްގެ ގޮތުންނާއި، ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ. މި އިނާމުގެ ދަށުން ނަސީބުވެރި ފަރާތަށް ދެ ބޭފުޅުންގެ އުމްރާ ދަތުރެއް ލިބިގެންދާނެއެވެ.

އައިކެއާއިން ވަނީ، ނަސީބުވެރިޔާ މުޙައްމަދު ސައުފާންއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. 

ކިޔުންތެރިންގެ ހިޔާލު