ENGLISH

09 ފެބްރުއަރީ 2026

Advertisement

ޗައިނާގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފި

09 ފެބްރުއަރީ 2026

|

އައިޝަތު ޝާލީން

ޗައިނާގެ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެ އައި ފަތުރުވެރިން -- ފޮޓޯ: އެމްއޭސީއެލް

ޗައިނާގެ ހޮންގްކޮންގްގެ ގްރޭޓާ ބޭ އެއާލައިންސް އިން ރާއްޖެއަށް ޗާޓަރު ދަތުރުތައް ފަށައިފިއެވެ.

ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު، އެއާލައިނުން މިއަދު ރާއްޖެ އައި ފުރަތަމަ މަތިންދާބޯޓު އެޗްބީ 2500 އަށް ވަނީ ވޯޓާ ސެލިއުޓެއް އަރުވައިފައެވެ. އަދި އެ ބޯޓުން އައި 174 ފަސިންޖަރުންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔައިފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ގްރޭޓާ ބޭ އެއާލައިންސްގެ ޗާޓަރު ދަތުރެއް ކޮންމެ ދުވަހަކުވެސް ހޮންގްކޮންގްއިން ސީދާ މާލެއަށް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގް 737 މެކްސްގެ ފްލައިޓެކެވެ.

ގްރޭޓާ ބޭ އެއާލައިންސްއަކީ ހޮންގްކޮންގް އިން ސީދާ މާލެއަށް ދަތުރުތައް ފެށި ދެވަނަ އެއާލައިނެވެ.

ކިޔުންތެރިންގެ ހިޔާލު