ENGLISH
24 ޖެނުއަރީ 2026
މާލެ ސަރަހައްދުގައި މިރޭ މަސްދަޅު ކޭސް ބަހަން ފަށަނީ
24 ޖެނުއަރީ 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ކުރިއަށްއޮތް ރަމަޟާންމަހު ގޭބީސީތަކަށް މަސްދަޅު ކޭސް ބެހުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
އެގޮތުން މާލެ ސަރަހައްދުގައި މިރެއިން ފެށިގެން މަސްދަޅު ކޭސް ބަހަން ފަށާނެއެވެ.
ކުރީ އަހަރެކޭ އެއްފަދައިން މި އަހަރުވެސް ސަރުކާރުން ބަހާނީ 48 ދަޅުގެ މަސްދަޅު ކޭސް، ދިވެހި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއްގެ މަގުންނެވެ.
މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ. ބުރާސްފަތި ދުވަހުން ފެށިގެން ޓޯކަން ރަޖިސްޓްރޭޝަނަށް ހުޅުވާލާފައިވާއިރު މަސްދަޅު ބެހުމުގެ މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
މަސްދަޅު ބެހުމުގެ މަސައްކަތް މާލެ ސަރަޙައްދުން 15 މަރުކަޒެއްގައި ކުރިއަށްދާނެއެވެ. އެއީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ.
މަސްދަޅު ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:
މާލެ؛
ހުޅުމާލެ- ފޭސް 1؛
ހުޅުމާލެ ފޭސް 2؛
ވިލިމާލެ؛
ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް، ވެމްކޯ، އެމްޑަބުލިޔުއެސްއީ އަދި މިފްކޯ ޙަރަކާތްތެރިވާނެއެވެ. މަރުކަޒުތައް ޤާއިމުކުރުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީ، މިފްކޯ، އެޗްޑީސީ އަދި ވެމްކޯ ޝާމިލުވެއެވެ.
މަސްދަޅުކޭސް ލިބުމުގައި މައްސަލައެއް ދިމާވެގެން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުން ވެއްޖެނަމަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖަކުން ހުށަހެޅުއްވޭނެއެވެ. މިކަމަށް ޚާއްޞަކުރެވިފައިވާ ނަންބަރަކީ 7741446 އެވެ.