ENGLISH
24 ޖެނުއަރީ 2026
ހާލު ދެރަވި ދިވެހި އުމްރާވެރިޔާ ނިޔާވެއްޖެ
24 ޖެނުއަރީ 2026
|
ނިޔާވި އުމްރާވެރިޔާ
ހާލު ދެރަވި ދިވެހި އުމްރާވެރިޔާ ނިޔާވެއްޖެ އެވެ.
އުމްރާގެ އަޅުކަމަށް ސައުދީގައި ހުއްޓާ ހާލު ދެރަވީ ހދ. ވައިކަރަދޫ، ސާނިޔާ، މުޙައްމަދު ހަސަން އެވެ. އޭނާއަށް މިދިޔަ ދުވަސްތަކުގައި ހޮސްޕިޓަލްގައި ދިޔައީ ފަރުވާ ދެމުންނެވެ.
އޭނާގެ އާއިލާއިން ބުނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މުޙައްމަދު ހަސަން ނިޔާވެފައިވާ ކަމަށެވެ.
މުޙައްމަދު، އުމްރާއަށް ދިޔައީ ގިބްލަ ހައްޖު އެންޑް އުމްރާ ގުރޫޕާ އެކު އެވެ.