ENGLISH

19 ޖެނުއަރީ 2026

Advertisement

ރައީސްގެ ވައުދުފުޅާ އެއްގޮތަށް ކޮންމެ އަތޮޅެއްގަައި ދަތުރުދާނެ ރަށެއް ތަަރައްގީކުރަން ކޮންސަލްޓެންޓެއް ހޯދަނީ

19 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

މާލޭ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ތަރައްގީކުރި ކުޑަގިރި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެ އަތޮޅެއްގެ ރައްޔިތުން ދަތުރުދާނެ ރަށެއް ތަރައްގީކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމުގެ މަސައްކަތްކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއުލާނުކޮށްފިއެވެ. 

އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ހުރިތާ އަތޮޅުތަކެއްގަައި ދަތުރުދާން ހާއްސަ ރަށެއް ތަރައްގީކުރުމަށް ސަރުކާރުން ހިންގަން ނިންމާފައިވާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމެންޓް" ޕްރޮޖެކްޓަށް ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

މި މަހުގެ 21 ވަނ ދުވަހުގެ މެންދުފަހރު 14:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަަށް އޮންނާނެކަމަށާއި، ޖަނަވަރީ 28 ވަނަަ ދުވަހުގެ ހެނދުނު 10:00 ގައި އެކަމަށް ޝައުގުވެރިވާ މީހުންނަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތުވެސް އޮންނާނެ ކަމުގައި އެ އިއުލާނުގައި ބުނެފައިވެއެވެ. 

ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވި ކުރެއްވުމުގައި 2025 ވަނަ އަހަރުގެ އޯގަސްޓު މަހު އއ.އަތޮޅު މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސްވަނީ އަތޮޅުތަކުގެ ރައްޔިތުންނަށް އަދި އެ އަތޮޅަކަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ބޭނުންކުރެވޭ ގޮތަށް ކޮންމެ އަތޮޅެއްގައި ދަތުރު ދިއުމަށް ހާއްސަކޮށް ރަށެއް ތަރައްގީކޮށްދެއްވާނެ ކަމަށެވެ. 

ރައީސް އިތުރަށް ވިދާޅުވީ އަތޮޅުތަކުގައި ދަތުރު ދާން ހާއްސަ ރަށްތައް ތަރައްގީކުރުމުގެ މަސައްކަތް 2026 ވަނަ އަހަރު ކުރިއަށްގެންގޮސް ނިންމައިލާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު