ENGLISH

19 ޖެނުއަރީ 2026

Advertisement

ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓްސް ޕާޓީ ތަމްސީލްކުރާނެ މެމްބަރުން ހޯދަނީ

19 ޖެނުއަރީ 2026

|

ފާތުމަތު އަދާ

ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭއްވި ދަ ޑިމޮކްރެޓްސްގެ އާންމު ޖަލްސާގެ އިސް މެމްބަރުން : ފޮޓޯ: ނިޝާން އަލީ/ މިހާރު

ލޯކަލް ކައުންސިލް އިންތިހާބުގައި ދަ ޑިމޮކްރެޓްސް ގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އެ ޕާޓީޏް އިއްޔެ ހުޅުވައިލައިފި.

މިކަމާ ގުޅޭގޮތުން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، އިންތިޚާބާ ގުޅޭ އިދާރީ ކަންކަމާއި ކެންޑިޑޭޓުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް އިލެކްޝަންސް ކޮމިޝަނާއެކު މަޝްވަރާކޮށް، ހުރިހާ ތައްޔާރީތަކެއް މިހާރު ނިމިފައިވާ ކަމަށެވެ.

ޑިމޮކްރެޓްސްގެ ޓިކެޓުގައި ކުރިމަތިލާން ބޭނުންވާ މެންބަރުން، އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހަޅާއިރު ޕާޓީގެ ނަން އިޚްތިޔާރު ކުރުމުން، އެ ފަރާތްތަކަށް ޕާޓީގެ އެންޑޯޒްމަންޓް ދޭނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

މި އިންތިޚާބަށް ފުރުސަތު ހުޅުވާލާފައި ވާއިރު، ޑިމޮކްރެޓްސްގައި އިސްކޮށް އުޅުން ގިނަ މެމްބަރުން މިދިޔަ އަހަރު އަލުން އެމްޑީޕީއާ ވަނީ ގުޅިފައެވެ. އޭގެތެރެއިން ބައެއް މެމްބަރުން ވަނީ އެމްޑީޕީގެ ޕްރައިމަރީގައިވެސްބައިވެރިވެފައެވެ.

އޭޕްރީލް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ 1 ވަނަ ދުވަހުގެ 3:30 އަށް ހަމަވާނެއެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 225 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ.

މިމަހުގެ 8 ވަނަ ދުވަހު އާންމުކުރި ވޯޓާސް ލިސްޓުގައިވާ ގޮތުން، މި އިންތިޚާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު