ENGLISH

19 ޖެނުއަރީ 2026

Advertisement

ދަރިވަރުންގެ ފައިސާ ދޫކުރުމުގައި ލަސްވަަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި ދިމާވާ މައްސަލަތަކާ ހުރެ: ޑރ.ހައިދަރު

19 ޖެނުއަރީ 2026

|

ޝިފްޒާން އަޙްމަދު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އަލީ ހައިދަރު

ސްކޮލާޝިޕުގައި އަދި ސްޓޫޑެންޓު ލޯންތަކުގައި ރާއްޖެއިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުމުގެ މައްސަލަ ކުރިމަތިވަނީ މައުލޫމާތުގެ ސައްހަކަަން ކަށަވަރުކުރުމުގެ މަރުހަލާގައި ކުރިމަތިވާ މައްސަަލަތަކާ ގުޅިގެންކަމަށް މަތީ ތައުލީމާއި ހުނަރު ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ. 

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް ގެނެސްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ކުރިއަށްގެންދަވާ "ތަރުޖަމާނާއެކު" ސިލްސިލާ ޕޮޑްކާސްޓުގެ ފަސްވަނަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކފުޅުގައި ޑރ.ހައިދަރު ވިދާޅުވީ ސަރުކާރުގެ މާލީ އެހީގައި ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންގެ 75 އިންސައްތަ ދަރިވަރުންނަށް ބަރާބަރަށް ވަގުތަށް ފައިސާ ދޫކުރެވޭކަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. 

ނަމަވެސް ބައެއް ކަހަލަ މައްސަލަތަކުގެ ސަބަބުން ބައެއް ދަރިވަރުންނަށް ފައިސާ ނުދެވި އަށް ހަފުތާވެސް ވެފައި އެބަހުރިކަމަށާއި، އެގޮތަށް މައްސަލަތައް މެދުވެރިވަނީ މިނިސްޓްރީއަށް ބޭނުންވާ ލިޔެކިޔުން ނުލިބުމާއި، ބޭނުންވާ އަދަދަށް ފައިސާ ދޫކުރެވެން އުސޫލުތަކުގެ ތެރެެއިން ނެތިގެން ކުރިމަތިވާ މަައްސަލަތަކުގެ ސަަބަބުން ކަމަށްވެސް ޑރ.ހައިދަރު ވިދާޅުވިއެވެ. 

"މިދިޔަ ހަތަރު އަހަރުގެ ތަފާސްހިސާބަށް އަޅުގަނޑުމެން ބަލާލާއިރު، ގާތްގަނޑަކަށް 75 އިންސައްތައަށްވުރެވެސް މައްޗަށް ފައިސާ ހުރީ ދެވިފައޭ. ނަމަވެސް ބައެއް ކަހަލަ މައްސަލަތަކާ ހުރެ ބައެއް ކުދިންނަށް އަށް ހަފުތާއާ ހަމައަށްވެސް ލާރި ނުދެވި އެބަހުރޭ. އެހެންނަމަވެސް އޭގައި އަޅުގަނޑުމެން ފާހަގަކުރަނީ އަޅުގަނޑުމެން ހޯދަންޖެހޭ ލިޔެކިޔުން ނުލިބިގެންނޭ އެހިސާބަށް ދަނީ،" ޑރ.ހައިދަރު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވި ގޮތުގައި ފައިސާ ދޫކުރުމުގެ ގޮތުން ކުއްޖާ ކިޔަވަންދިޔަ ތަނުގައި ކިޔަވަމުންދާކަން އަދި އެކުއްޖާ ހުށަހަޅާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ. އަދި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމުގައި ދިމާވާ މައްސަލަތަކަކީ ފައިސާ ދޫކުރުމުގައި ލަސްކަމެއް މެދުވެރިވާ ސަބަބު ކަމަށް ޑރ.ހައިދަރު ވިދާޅުވިއެވެ. 

އަދި ފައިސާ ޖަމާކުރަންޖެހޭ ދުވަހުގެ ދެ މަސް ކުރިން ފައިސާ ޖަމާކުރުމުގެ އިޖުރާއާތުތައް ފަށައިގެން 75 އިންސައްތައަށްވުރެ ގިނަ ދަރިވަރުންނަށް ފައިސާ ދޫކުރެވޭކަން ފާހަގަކުރައްވަމުން ޑރ.ހައިދަރު ވިދާޅުވީ މިނިސްޓްރީއަށް ފައިސާ ދޫކުރެވޭނީ ބޭންކުގެ ތަފުސީލުތައް ފަދަ މައުލޫމާތުތައް ފައިސާ ޖަމާކުރާ ކޮންމެ ފަހަރަކު ކަށަވަރުކުރެވިގެން ކަމަށެވެ. 

މި މައްސަލަަތައް ހައްލުކުރުމަށް ކުރެވުނު މަސައްކަަތްތަކުގެ ތެރެއިން 50 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ތިބި ގައުމުތަކަށް ހާއްސަކޮށްގެން ވަޓްސްއަޕް ނަންބަރުތަކެއް ހާއްސަކޮށް މުވާސަލާތުކުރެވޭނެ ގޮތް މިހާރު ފަހިކޮށްދެވިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ކޯލް ސެންޓަރެއް ގާއިމުކޮށް އެތަނުންވެސް ހިދުމަތް ފޯރުކޮށްދެމުންދާކަމަށްވެސް ވަޒީރ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު