ENGLISH

19 ޖެނުއަރީ 2026

Advertisement

އިމިގްރޭޝަނުން ހުޅުމާލޭގެ އިތުރު ސެލޫންތަކެއް ބަލައި ފާސްކޮށްފި

19 ޖެނުއަރީ 2026

|

ފާތުމަތު އަދާ

އިމިގްރޭޝަނުން އިތުރު ސެލޫންތަކެއް ބަލައި ފާސްކުރުން-- ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ދަށުން، އިއްޔެ ހުޅުމާލޭގެ ހަތަރު ސެލޫނެއް ބަލައި ފާސްކޮއްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮއްފިއެވެ.

މި އޮޕަރޭޝަން އަމާޒުކޮއްފައި ވަނީ ސްޕާ އަދި ސެލޫން ފަދަ ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީންނަށެވެ.

އެ އިދާރާގެ ބެލުމުގެ ދަށަށް މިހާތަނަށް ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ވަނީ  ގެންގޮސްފައި އަދި ޑީޕޯޓޭޝަން ސެންޓަރެގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ އާންމު ތަންތަނުގައި ވެސް އޮފިސަރުން އޮބްޒަވޭޝަން މަސައްކަތްތައް ކުރިއަށް ގެންދެއެވެ. ނަމަވެސް އިއްޔެ ހުޅުމާލޭ ސެލޫންތަކުން ބަޔަކު އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެންގޮސްފައިވާކަމެއް އެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު