ENGLISH
14 ޖެނުއަރީ 2026
މަންފާއާ އެޗްްޑީސީ ގުޅިގެން ހައިވޭގައި ދަތުރު ދުޢާ ލިޔެފައިވާ ބޯޑެއް ބަހައްޓައިފި
14 ޖެނުއަރީ 2026
|
މަންފާއާ އެޗްްޑީސީ ގުޅިގެން ހައިވޭގައި ދަތުރު ދުޢާ ލިޔެފައިވާ ބޯޑެއް ބެހެއްޓުން --
މަންފާ ޖަމިއްޔާ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްްޑީސީ) ގުޅިގެން ހައިވޭގައި ދަތުރު ދުޢާ ލިޔެފައިވާ ބޯޑެއް ބަހައްޓައިފި އެވެ.
މި ބޯޑް ބަހައްޓާފައި ވަނީ ސިނަމާލެ ބްރިޖާއި ހުޅުމާލޭ ގުޅުވާލާ ހައިވޭ ފެށޭ ހިސާބުގައެވެ. ރޭގަނޑު ވަގުތު ބޯޑަށް އަލިވާނެ ހެން ލައިޓްވެސް ހަރުކޮށްފައިވެ އެވެ.
މަންފާ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަލީ މުޢީން ވިދާޅުވީ އެ ޖަމިއްޔާއާ އެޗްޑީސީ ގުޅިގެން މިފަދަ އިތުރު ބޯޑްތައް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ބަހައްޓަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ޖަމިއްޔާގެ އަމާޒަކީ ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި މިފަދަ ބޯޑްތައް ބެހެއްޓުން ކަމަށެވެ. އެ މަސައްކަތް ރޭވިފައިވާ ކަމަށް ވިދާޅުވި އެވެ.
މަންފާ ޖަމިއްޔާ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާ އެވެ. އެ ޖަމިއްޔާ އަކީ ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ފުޅާ ދާއިރާާއެއްގައި މަސައްކަތް ކުރަމުންދާ އެއް ޖަމިއްޔާ ވެސް މެ އެވެ.