ENGLISH

25 ޑިސެމްބަރު 2025

Advertisement

މާއެނބޫދޫ ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

24 ޑިސެމްބަރު 2025

|

މުޙައްމަދު އަދުހަމް

މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ދ. މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރަމުންދާ ބަންޑް ވޯލް ޖެހުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިއްކާ ސަރަހައްދުގެ އިން ފަޅުތެރެއިން ވަކިކުރުމަށް ކުރިއަށްގެންދާ ބަންޑް ވޯލް ޖެހުމުގެ މަސައްކަތުގެ 45 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއަކީ 2023 ވަނަ އަހަރު، އޭރުގެ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން، މާއެނބޫދޫ އަށް 15 ހެކްޓަރުގެ ބިން އިތުރުކުރުމަށް ހަމަޖެހިފައިވެއެވެ.

މި މަސައްކަތްކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 76.76 މިލިއަން ރުފިޔާއަށެވެ.

މާއެނބޫދޫގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމާއެކު، ބިމުގެ ޖާގައިގެ މައްސަލައަށް ހައްލު ލިބި، ރަށުން އިތުރަށް ބޯހިޔާވަހިކަމަށް ބިން ދިނުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާއެނބޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެ މަސައްކަތް ފެށުމާއެކު ހަލުވި ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވައި 30 ހެކްޓަރުގެ ބިން ހިއްކަވައި ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެ 30 ހެކްޓަރުގެ ތެރެއިން ދެ ހެކްޓަރު ވަކިން ވަކި ރަށެއްގެ ގޮތުގައި ހިއްކަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު