ENGLISH

24 ޑިސެމްބަރު 2025

Advertisement

ސަފާރީގެ ބޮޑުބައެއް އަނދައިފި، އަލިފާން ނިއްވައިނުލެވޭ

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ސަފާރީގައި ރޯވެ އަނދަނީ --

ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް "ޔަސާވާ ޕްރިންސެސް" ނަމަކަށް ކިޔާ ސަފާރީގައި ރޯވެ ބޮޑު ބައެއް އަނދައިފި އެވެ.

ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު 17:54 އެހާކަންހާއިރު ލިބިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެ ސަރަޙައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެންގޮސްފަ އެވެ.

ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިންނެވެ. ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެނުން. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެކެވެ.

ފުލުހުން ދެންމެ ބުނީ ސަފާރީގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވީނަމަވެސް އަދިވެސް އަލިފާން އެއްކޮށް ނިއްވާނުލެވޭ ކަމަށެވެ. އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ނަމަވެސް މިހާރު ވަނީ ސަފާރީގެ ބޮޑު ބައެެއް އަނދާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު