ENGLISH

24 ޑިސެމްބަރު 2025

Advertisement

ފަތުރަނީ ދޮގެއް، ފޭސްތިނެއްް ހިއްކަނީ ކުނި އަޅައިގެނެއް ނޫން: އެޗްޑީސީ

24 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ --

ހުޅުމާލެ ފޭސް ތިނެެއް ހިއްކަނީ ކުނި އަޅައިގެން ނޫން ކަމަށާ ކުނި އަޅައިގެން ބިން ހިއްކާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ދޮގުކޮށްފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިރޭ ވިދާޅުވި ގޮތުގައި ބިން ހިއްކަނީ ސީީއެންޑީ އަޅައިގެންނެވެ. އެއީ ގައު ކުންޏެވެ. އެމްޑީ ވިދާޅުވި ގޮތުގައި މިފަދަ ކުނިވެސް އަޅަނީ ވަރަށް ބޮޑަށް ބަލައިގެންނެވެ. އެގޮތުން ކުނީގެ ގޮތުގައި ހިމެނިދާނެ ހުރިހާ ބައެއް ވަކިކުރެ އެވެ.

ޒުހައިރު ވަނީ އެެފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ރައްޔިތުންނާއި ގުޅުން ހުރި މިފަދަ ކަންކަމުގައި ހަގީގަތާއި ޚިލާފު ވާހަކަތައް ފެތުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ފޭސް ތިނެެއް ހިއްކަނީ ކުނި އަޅައިގެން ކަމަށް ބުނެ މީހަކު ވާހަކަ ދެއްކީ ފޭސް އެކެއްގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލްވުމުގަ އެވެ. އެ ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ވާހަކަތައް ދޮގު ކުރައްވާފަ އެވެ.

އެފަދަ ކަމެއް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާ އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި ބިން ހިއްކުމުގެ މަޝްރޫޢުގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުންނެވެ. އަދި އެ މަޝްރޫޢުގެ ފުރިހަމަ މަޢުލޫމާތު އެ ކުންފުނިން ގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހިއްސާ ކުރައްވަމުންނެވެ.

ހުޅުމާލެ ފޭސް ތިނަކުން ކުރީ ސަރުކާރުން ގޯތި ދޫކުރީ ނުވެސް ހިއްކާ ފަޅުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ބިން ހިއްކުމުގެ މަޝްރޫޢު ހަލުއި ކުރައްވާ ގޯތި ދޫކުރުން އަވަސް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިހާރު ވަނީ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ ގުރުއަތުލުން ވެސް ބާއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު