ENGLISH
25 ޑިސެމްބަރު 2025
ކާވާ ވިމެންސް ކަޕް: ފަސޭހަކަމާއެކު ބަންގްލަދޭޝް ބަލިކޮށް ރާއްޖެ ފައިނަލަށް
24 ޑިސެމްބަރު 2025
|
މުބާރާތުގައި ރާއްޖެ ކުޅުނު މެޗަކަށްފަހު ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ކާވާ
މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ވިމެންސް ކަޕްގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ފަސޭހަކަމާއެކު ބަންގްލަދޭޝް ބަލިކޮށް ރާއްޖޭން ފައިނަލަށް ދަތުރުކޮށްފިއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި 25-17 އިން ރާއްޖެ ކުރިހޯދިއިރު، ދެވަނަ ސެޓުގައި މާބޮޑު ވާދަވެރިކަމެއްނެތި ރާއްޖޭން މޮޅުވީ 25-12 އިންނެވެ.
އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ސެޓުގައި ވެސް ރާއްޖޭން ކުރިހޯދީ 25-12 އިންނެވެ.
މުބާރާތުގެ ފައިނަލުގައި ރާއްޖޭން ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. އެ ޓީމުން ވަނީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި 1-3 ސެޓުން އަފްޣާނިސްތާން ބަލިކޮށްފައެވެ. މީގެކުރީން، ކިރްގިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅުނު މެޗުން ވަނީ ފަހަތުންއަރައި 1-3 ސެޓުން މޮޅުވެފައެވެ.
މި މުބާރާތުގެ ފައިނަލުގައި ރާއްޖެއާއި ކިރްގިސްތާން ބައްދަލުކުރާ މެޗު އޮންނާނީ މާދަމާ ރޭ 8:40 ގައެވެ.