ENGLISH

22 ޑިސެމްބަރު 2025

Advertisement

ފުލުހުން ހިންގި އޮޕާރޭޝަންއެއްގައި 442 ވޭޕް ކާޓްރިޖް ހޯދައި، ދެ މީހަކު ޖޫރިމަނާކޮށްފި

22 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ފުލުހުން އަތުލައިގަތް ވޭޕާއި ވޭޕްކުރާ ސާމާނު

ރާއްޖެ އެތެރެކޮށް ވިއްކުން މަނާ، ވޭޕް ކާޓްރިޖްތަކެއް ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާކަމަށް އެ އިދާރައިން ބުނެފި އެވެ.

މި ވޭޕް ކާޓްރިޖްތައް ހޯދާފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިއްޔެ ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްގެން ކަމަށް ފުލުހުން ވަނީ މައުލޫމާތޫ ދީފައިވެ އެވެ.

ފުލުހުން ބުނީ، މި އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖްއާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފްއާއި ވޭޕްއާ ގުޅުންހުރި އެހެނިހެން ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި،އެހެންނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާނެކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މަސްތުވާތަކެއްޗާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތައް ފަދަ ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވާ ދިވެހި މުޖުތަމައަކީ އަމާން ރައްކާތެރިތަނެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާތަކުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާ ކުރި ފަހުން 73،000 އަށް ވުރެ ގިނަ ވޭޕް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށް އެ އިދާރާއިންވަނީ ބުނެފަ އެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރ 15، 2024 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު