ENGLISH
22 ޑިސެމްބަރު 2025
މާފުށީ ބަނދަރު އަޕްގްރޭޑުކުރުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ
22 ޑިސެމްބަރު 2025
|
މާފުށީ ބަނދަރު އަޕްގްރޭޑުކުރުމުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
ކ. މާފުށީ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މާފުށީ ބަނދަރު އަޕްގްރޭޑުކުރުމުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މާފުށީ ބަނދަރު އަޕްގްރޭޑު މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު އެކުންފުނިން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް މާފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީއިން މަޢުލޫމާތުދެއެވެ.
މާފުށީ ބަނދަރު އަޕްގްރޭޑުކުރުމުގެ ތެރެއިން - ފޮޓޯ: އެމްޓީސީސީ
މި މަޝްރޫޢުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:
· ހާބަރު ބޭސިން ފުންކުރުން
· ނެރު ފުންކުރުން
· ބޭރުތޮށި ލުން
· ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން
· ޖިއޯބޭގް ރިވެޓްމެންޓް ޖެހުން
· އެއްގަމުތޮށި ލުން
· ޖެޓީއެއް ހެދުން
· ބުރިޖެއް ހެދުން
· ހާބަރު ޕޭވްމަންޓް ހެދުން
· ބަނދަރު ބައްތި ޖެހުން
އައްޑިހަ ތިން މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މި މަޝްރޫޢު ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ.