ENGLISH
22 ޑިސެމްބަރު 2025
ސ. ގަމުގައި މެޓް އޮފީހުގެ އާ އިމާރާތެއް ޤާއިމްކުރުމުގެ މަސައްކަތް ފަށަނީ
22 ޑިސެމްބަރު 2025
|
ސ. ގަމުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ އާ އިމާރާތް ޤާއިމްކުރުމުގެ މަސައްކަތް ފެށުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން މިއަދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި ވެމްކޯ (ވޭސްޓް މެނޭޖްމެންޓް ކޯޕޮރޭޝަން ލިމިޓެޑް) އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ. އަދި މި މަރުކަޒުގެ މުސްތަޤުބަލުގައި ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ދުރާލާ ތައްޔާރުވުމަށް އެހީތެރިކަން ލިބިގެންދާނެކަން ފާހަގަކޮށްފައިވެއެެވެ.
ސ. ގަމުގައި ޤާއިމްކުރެވޭ އިމާރާތަކީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެ އިމާރާތެއް ކަމަށް ބުނެ، މިފަދަ މަޝްރޫޢުތަކާއި މަސައްކަތްތަކުން ރާއްޖޭގެ އެކިއެކި ވުޒާރާތަކުން ކުރަމުންދާ ބުރަ މަސައްކަތްތައް ތަމްސީލްކުރެވިގެންދާކަމަށް ބުނެފައިވެއެވެ.