ENGLISH

22 ޑިސެމްބަރު 2025

Advertisement

އާ ޓާމިނަލްގައި ތަރައްޤީކުރާ ފަޔާ ސްޓޭޝަންގެ ރެސްކިއު ޖެޓީގެ ގިއުގަޑުގެ މަސައްކަތް ނިމުމާގާތަށް

22 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އާ ޓާމިނަލްގައި ތަރައްޤީކުރާ ފަޔާ ސްޓޭޝަންގެ ރެސްކިއު ޖެޓީގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވިއައިއޭ) ގައި އަލަށް ތަރައްޤީކުރަމުން އަންނަ ފަޔާ ސްޓޭޝަންގެ ރެސްކިއު ޖެޓީގެ ގިއުގަނޑުގެ މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ ސްޓޭޝަންއަށް ބޭނުންވާ އަސާސީ ހިދުމަތްތައް ތަރައްގީކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކަރަންޓުގެ ހިދުމަތް ދިނުމަށާއި، ފެންވައިރު ކުރުމުގެ މަސައްކަތުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މުޅި މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. 

އާ ޓާމިނަލްގައި ތަރައްޤީކުރާ ފަޔާ ސްޓޭޝަންގެ ރެސްކިއު ޖެޓީގެ މަސައްކަތް ކުރިއަށްދަނީ--ފޮޓޯ:އެމްޓީސީސީ

އައު ޓާމިނަލް ހުޅުވާފައި ވަނީ ޒާމާނީ އެންމެފަހުގެ ވަސީލަތްތަކާއެކު، މިއަހަރުގެ މިނިވަން ދުވަހު ބޭއްވުނު ކުލަގަދަ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެވެ. 

މިއަހަރު ނިމުމުގެ ކުރިން، ރާއްޖެ އަންނަ ހުރިހާ އެއާލައިންތަކަކަށް، އާ ޓާމިނަލް އިން ހިދުމަތް ދޭން ފެށުމުގެ މަސައްކަތް ވެސް އެމްއޭސީއެލްއިން އަންނަނީ ކުރަމުންނެވެ. 

އައު ޓާމިނަލްގައި ގާއިމްކުރެވިފައިވާ ޒަމާނީ ހިދުމަތްތަކުގެ ތެރޭގައި އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނެ އެވެ. މީގެ އިތުރުން، އެފް އެންޑް ބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައްވެސް ހިމެނެ އެެވެ.

އާ ފަޔާ ސްޓޭޝަން ބްރިޖާއެކު، އެއާޕޯޓްގައި ދިމާވާ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ފުރިހަމަ އަދި އަވަސް ހިދުމަތް ފޯރުކޮށްދިނުމަށް މަގު ފަހިވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު