ENGLISH

22 ޑިސެމްބަރު 2025

Advertisement

އެންޑީއޭގެ ޗެއާމަނަކަށް ސިއްދީގު އައްޔަންކުރައްވައިފި

22 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އެންޑީއޭގެ ޗެއާމަނަކަށް ސިއްދީގު އައްޔަންކުރެއްވުން--ފޮޓޯ:މެންދުރު ޓީވީ

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށުން ހިންގާ ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ޗެއާމަނަކަށް އަހުމަދު ސިއްދީގު އައްޔަންކުރައްވައިފި އެވެ.

ސިއްދީގު މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން ހުންނެވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުގަ އެވެ.

އެންޑީއޭގެ ޗެއާމަންގެ މަގާމުގައި ކުރިން ހުންނެވި ލުބްނާ ޒާހިރު ހުސައިން މިހާރު ވަނީ ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވާފަ އެވެ.

އެންޑީއޭގެ ސީނިއާ މެނޭޖްމަންޓް ޓީމާ ސިއްދީގު ވަނީ އިއްޔެ ބައްދަލުކުރައްވާފަ އެވެ.

އެންޑީއޭގެ މަސްއޫލިއްޔަތުގެ ތެރޭގައި މަސްތުވަތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ތެރެއިން ޖަލު ހުކުމުން ސަލާމަތްވުމަށް އެދި ފަރުވާ ބޭނުންވާ ފަރާތްތަކަށް އެ ވަބާއިން ސަލާމަތްވުމަށްޓަކައި ފަރުވާދީ އެމީހުން އަބުރާ މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރުން ހިމެނެ އެވެ. މިފަދަ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށްޓަކައި އެންޑީއޭއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުނެވެ.

ކިޔުންތެރިންގެ ހިޔާލު