ENGLISH

19 ޑިސެމްބަރު 2025

Advertisement

ޑައުންޕޭމަންޓް ބޮޑުކޮށް ދައްކާފައިވާ މީހުންނަށް ކުލީން ކަނޑައިދެނީ

19 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ރައީސް ބައްލަވައިލައްވަނީ، ފޮޓޯ: ރައީސް އޮފީސް

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްޤީކޮށްފައިވާ ފްލެޓްތަކަށް ދައްކަން ޖެހޭ މަހު ކުއްޔާއި އެޑްވާންސް ކުޑަކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ މިހާތަނަށް ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

މިހާރު އޮތްގޮތުން އެފްޑީސީން ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ތިން ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 25,000 ރުފިޔާ ދައްކަން ޖެހެ އެވެ. ކުލީގެ ގޮތުގައި މަހަކު ދައްކަން ޖެހެނީ 10,500 ރުފިޔާ އެވެ.

ދެ ކޮޓަރީގެ ތަންތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހެ އެވެ. މަހު ކުއްޔަކީ 7,000 ރުފިޔާ އެވެ. 

ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ރައީސުލްޖުމްހޫރިއްޔާ ރޭ ވިދާޅުވީ މެއިންޓަނަސް ފީ އާއެކު ތިން ކޮޓަރީގެ ފްލެޓްތަކަށް ދެން ދައްކަން ޖެހެނީ މަހަކު 10,000 ރުފިޔާ އެވެ. އަދި އެޑްވާންސް ޕޭމަންޓް 25,000 ރުފިޔާގެ ބަދަލުގައި 8,500 ރުފިޔާއަށް ވަނީ ކުޑަކުރައްވަން ނިންމަވާފަ އެވެ.

ދެ ކޮޓަރީގެ ކުލީގެ ގޮތުގައި ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 15,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 6,000 ރުފިޔާ އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ބަދަލާއެކު މިހާތަނަށް ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު