ENGLISH

19 ޑިސެމްބަރު 2025

Advertisement

ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ މީހުންގެ މެދުގައި ގުރުނަގަނީ

18 ޑިސެމްބަރު 2025

|

އަޙުމަދު ޙަމީދު

ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަަސައްކަތް ކުރަނީ --

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ބާއްވަން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން މި މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކަލާފާނު ސްކޫލް ހޯލުގަ އެވެ.

ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށް ހާޒިރުވާ ފަރާތްތަކުގެ ހާޟިރުގައި މިނިސްޓްރީގެ މުވައްޒަފުންނެވެ. މިގޮތުން، ގުރުއަތުލުން ކުރިއަށްދާއިރު، ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ހޯލަށް ވަދެވޭނެ ކަމަށާ ހާޒިރުވާއިރު އެ މީހެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަން އެދޭ ކަމަށެވެ.

މި ގުރުއަތުލުން ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) އިން ވަގުތުން ދުރަށް ދައްކާނެ އެވެ. އަދި، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިދިޔަ ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހީން ގޯތިތަކެއް ދޫކުރިނަމަވެސް އެތަންތަން އޭރު ނުވެސް ހިއްކަ އެވެ. އެހެން ކަމުން މި ސަރުކާރުން ވަނީ ބިންހިއްކާ ގޯތި ދޫކުރަން ނިންމާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު