ENGLISH

05 ޑިސެމްބަރު 2025

Advertisement

ގައްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފި

05 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

ގައްދޫ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށުމުގެ ރަސްމިއްޔާތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ

ގދ. ގައްދޫ ހޮސްޕިޓަލްގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެކަމަށް ގައްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަލީއާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ގައްދޫ ކައުންސިލް މެންބަރުންގެ އިތުރުން އެރަށުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫޢުގެ ދަށުން، 18,613 އަކަޓޫފުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އިމާރާތެއްގައި 30 އެނދުގެ ޞިއްޙީ ޚިދުމަތްދޭ ބްލޮކެއް ތަރައްޤީކުރާނެ އެވެ. އަދި 2،563 އަކަފޫޓުގެ ސަރަޙައްދެއްގައި އެއް ފަންގިފިލާގެ އެހެނިހެން ޚިދުމަތްދޭ ބްލޮކަކާއި، 3،573 އަކަފޫޓުގެ ސަރަޙައްދެއްގައި ދެ ފަންގިފިލާގެ އެކޮމޮޑޭޝަން ބްލޮކެއް ހެދުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 101.70 މިލިއަން ރުފިޔާއަށެވެ.

ގާތްގަނޑަކަށް 2،700 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ގައްދޫގައި ޞިއްޙީ ޚިދުމަތް މިވަގުތު ދެމުން އަންނަނީ ޞިއްޙީ މަރުކަޒަކުންނެވެ.

ގައްދޫ ހޮސްޕިޓަލުގެ މަސައްކަތް ނިމުމާއެކު ގައްދޫއިން ލިބޭ ޞިއްޙީ ޚިދުމަތް ފުޅާވެ، ގައްދޫ ރައްޔިތުންނަށް އަމިއްލަ ރަށުގައި ތިބެގެން ގިނަ ބަލިތަކަކަށް ބޭސްފަރުވާ ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ.

މިއީ ޞިއްޙީދާއިރާއިން ގައްދޫގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ.

ކިޔުންތެރިންގެ ހިޔާލު