ENGLISH
05 ޑިސެމްބަރު 2025
ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲއަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދެނީ
05 ޑިސެމްބަރު 2025
|
މުޙައްމަދު ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲއަށް ހާޓްއެޓޭކެއް ޖެހި ފަރުވާ ދޭން ފަށައިފި އެވެ.
އިހަވަންެދޫ ދާއިރާގެ ކުުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲއަށް ހާޓްއެޓޭކެއް ޖެހުނީ ރޭގެ ވަގުތެއްގަ އެވެ. އަދި ރެއިން ފެށިގެން އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ. އޭނާ އަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގަ އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަން ވެސް މި ފަހުން ކުރެއްވި މުޙައްމަދު ޢަބްދުﷲއަށް ހާޓްއެޓޭކެއް ޖެހުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ހެޔޮ އެދުމުގެ މެސެޖުތައް ހިއްސާ ކުރަމުންނެވެ.