ENGLISH

05 ޑިސެމްބަރު 2025

Advertisement

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު ފަށައިފި

05 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު ހުޅުވަނީ. --ފޮޓޯ: ޕީއެސްއެމް

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މީޑީއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މައުރަޒު ފަށައިފި އެވެ.

މިއަދު ހަވީރު 16:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މީޑިއާ މައުރަޒު ފެށުމަށް ހަމަޖެހިފައިވާއިރު، މާދަމާ ހަވީރު 16:00 އިން 18:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00 އިން 18:00 އަށް މީޑިއާ މައުރަޒު ކުރިއަށް ދާނެ އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން އިސްނަގައިގެން ވުޒާރާގެ ސެކްޝަންތަކާއި ގުޅިގެން ކުރިއަށް ގެންދާ މީޑިއާ މައުރަޒަކީ، ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު މަސައްކަތްތަކުގެ މަޢުލޫމާތާއި، މަޝްރޫޢުތަކާއި ގުޅޭ އަދާހަމަތަކާއި، ވަކިވަކި ސެކްޝަންތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ވީހާވެސް ގާތުން ގެނެސްދިނުމަށް ބާއްވާ ޚާއްސަ މައުރަޒެކެވެ.

މި މައުރަޒުގެ ތެރެއިން ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ފަސް ވަނަ ބުރަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. 

ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިސްނެންގެވުމާއެކު އެ ވުޒާރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ ކާމިޔާބު އެއް ޕްރޮގުރާމެވެ.

މި ޕްރޮގުރާމުގެ ފުރަތަމަ ދެބުރަށްވެސް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު ވުޒާރާއިން އަމާޒު ހިފާފައިވަނީ މި ފަސް އަހަރުގެ ތެރޭގައި 1،000 ޒުވާން ޚަޠީބުން އުފެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު