ENGLISH

05 ޑިސެމްބަރު 2025

Advertisement

މައްސަލަތައް ރައީސްއާ ހިއްސާކޮށްލަން ލިބުމުން ވަރަށް އުފާވި: އަދުހަމް

05 ޑިސެމްބަރު 2025

|

ހަސަން އާމިރު

އެކި ކަންތައްތަކާ ގުޅޭ ގޮތުން ރައީސްއާ މަޝްވަރާކޮށް، އެކަންތައްތައް ހިއްސާކޮށްލަން ލިބުމަކީ ބޮޑު އުފަލެއް ކަމަށް ޓޫއޮފްއަސް ބޭންޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އަދުހަމް ބުނެފި އެވެ.

"މާފަންނުގެ ބައްދަލުވުމުގައި ރައީސްއާ ދިމާވުމުން ވަރަށް އުފާވޭ،" އިންޑިއާގައި ބޭއްވި ބެޓްލް އޮފް ބޭންޑްސް އިންޓަނޭޝަނަލް އިން ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދި އަދުހަމް ބުންޏެވެ.

މާފަންނުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ތާޖުއްދީން ސްކޫލްގައި ރައީސް ބޭއްވި ބައްދަލުވުމުގައި އެކި މީހުންގެ ޝުއޫރުތައް އަޑު އައްސަވާ ޖަވާބު ދެއްވި އެވެ. އަދި ބައްދަލުވުމަށް ފަހު ވެސް ވަރަށް ގިނަ މީހުންނާ ބައްދަލު ކުރައްވާ އެ މީހުންގެ ކަންބޮޑުވުންތައް އަޑު އެއްސެވި އެވެ. 

ބައްދަލުވުމަށް ދިޔަ އަންހެނަކު ބުނީ އޭނާގެ އުމުރުން 60 އަހަރުވާން ކައިރިވި އިރު ދުވަހަކު ވެސް މިކަހަލަ ފުރުސަތެއް އޭނާ އަށް ނުލިބޭ ކަމަށެވެ. އަދި މި ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށް ބުންޏެވެ.

ޒުވާން ފިރިހެނަކު ބުނީ ދިވެހި ރާއްޖޭގެ ރައީސަކު މި ލެވެލްގައި ޕީއާރެއް ޖެއްސިތަނެއް އޭނާ އަށް ދުވަހަކު ވެސް ނުފެންނަ ކަމަށެވެ. އަދި އޭނާ ގަބޫލްކުރާ ގޮތުގައި ކެފޭތަކުންނާއި އެކި ތަންތަނުން އިވޭ އަޑުތައް ސީދާ ރައީސްގެ ކަންފަތްޕުޅާ ހަމައަށް އައިސް، ވަރަށް ބޮޑު ބަދަލެއް ދިވެހިން ބޭނުންވާ، ދިވެހިންގެ ރާއްޖެ އަށް ގެނެވޭނެ ކަމަށް އޭނާ ބުންޏެވެ.

ޒުވާން އެހެން އަންހެން ކުއްޖަކު ބުނީ ދާއިރާގެ ހުރިހާ އިސްބޭފުޅުންނާ އެކު ރައީސްއާ ބައްދަލުކޮށްލަން ލިބުމުން ވަރަށް އުފާވި ކަމަށެވެ.

ރައީސްއާ ސިޓީއެއް ހަވާލުކުރި ދޮށީ އުމުރުގެ އަންހެނަކު ބުނީ އެއީ އޭނާގެ ދަރިފުޅުގެ ފްލެޓް މައްސަލާގައި ހަވާލުކުރި ސިޓީއެއް ކަމަށާއި އެ ސިޓީ ބައްލަވާފައި އެކަން ބައްލަވާނެ ކަމަށް ރައީސް ވިދާޅުވުމުން ވަރަށް އުފާވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު